twitterviber whatsapp telegramfacebookyoutube instagram
5th February 2026

12 ވަނަ އޭޝިއަން އިންޑޯރ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރުމަށް އަހްނާ އާއި ސާއިދު

މުޙައްމަދު އަހުމަދު
Feb 5, 2026

12 ވަނަ އޭޝިއަން އިންޑޯރ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެތްލީޓުންގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ އެތްލީޓަކު ހިމެނިއްޖެ އެވެ.

މި ފްބރުއަރީ މަހުގެ 8 - 6 އަށް ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލު ކުރާނީ ކުޅުދުއްފުށީގެ އަރަމުން އަންނަ ޒުވާން އެތްލީޓު އަހްނާ ނިޒާރުގެ އިތުރުން ދިވެހިރާއްޖޭގައި އުފެދުނު އެންމެ ބާރު ފިރިހެން ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

މިމުބާރާތުގައި ވާދަކުރުމަށްޓަކައި ކޯޗު އަލީ ޝަރީފާއެކު މިދެއެތްލީޓުން ވަނީ އިއްޔެ ޗައިނާގެ ޓިއަންޖިންއަށް ދިއުމަށް ފުރާފަ އެވެ. ގައުމީ ޓީމު ތަމްސީލުކުރުމަށް ފުރި މި ޓީމުގެ ކޯޗަކީ ވެސް ކުޅުދުއްފުއްޓަށް ނިސްބަތްވާ ޝަރީފް ސްޕޯޓްސް އަލީ ޝަރީފް އެވެ.

ބައިވަރު އިވެންޓްތައް ކުރިއަށްދާ މިމުބާރާތުގައި ސާއިދުއާއި އަހްނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ 60 މީޓަރު އިންޑޯރ ސްޕްރިންޓްގަ އެވެ. މިމުބާރާތަކީ ކޮންޓްރޯލް ކުރެވިފައިވާ މާހައުލެއްގައި މުޅި އޭޝިއާ ބައްރުގެ އެކި ހިސާބުތަކުން އެތްލީޓުންނާއި ވާދަކޮށް ހުނަރު ދައްކާ ކުރިއަށް ދިއުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

އޭޝިއަން އެތްލެޓިކްސް އެސޯސިއޭޝަނުން ބާއްވާ މިމުބާރާތުގެ މަގްސަދަކީ މިރީޖަންގައި އެތްލެޓިކްސް ކުރިއަރުވާ އިތުރު ހަރަފަތަކަށް ޖެއްސުން ކަން ފާހަގަކުރެވެ އެވެ. އަދި ހާއްސަކޮށް މިކަހަލަ މުބާރާތެއްގައި ކުޅުދުއްފުށީގެ އެތްލީޓަކު ދިވެހިރާއްޖެ ތަމްސީލުކުރުމަކީ ކުޅުދުއްފުއްޓަށް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355