twitterviber whatsapp telegramfacebookyoutube instagram
24th April 2026

ވަރުގަދަ އޮމާން އަތުން ރާއްޖެ ބަލި، ދިވެހި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް

މުޙައްމަދު އަހުމަދު
Apr 24, 2026

ޗައިނާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ މިއަދުގެ އިވެންޓްތަކުގެ ތެރެއިން ބީޗް ހޭންޑްބޯޅައިގައި ރާއްޖެ މިއަދު ކުޅުނު ފުރަތަމަ މެޗުން ވަރުގަދަ އޮމާން އަތުން ބަލިވެއްޖެ އެވެ.

މިއަދު ހެނދުނު ރާއްޖެ ގަޑިން 9 ޖެހިއިރު ކުޅެވުނު މިމެޗުގައި ރާއްޖޭގެ މައްޗަށް އޮމާނުން ކުރިހޯދީ ސީދާ ދެ ހާފުންނެވެ. 2 - 0 ން އޮމާނުން މެޗު ކާމިޔާބުކުރި ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ އޮމާނަށް ވަރުގަދަ ފައިޓެއްދީ ބަލިވި ނަމަވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ.

ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވިއިރު މޮންގޯލިއާ އަތުން ވެސް ރާއްޖެ ވަނީ މޮޅުވެފަ އެވެ. މިމެޗުގެ އިތުރުން ބައްޔާ ރާއްޖެއަށް ކުރިމަތިލާން ޖެހުނީ ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މިދެ މެޗުން ބަލިވި ނަމަވެސް ދިވެހި ކުޅުންތެރިން އަންނަނީ މުބާރާތުގައި އޭޝިއާ އެންމެ މަތީ ފަންތީގެ އެތްލީޓުންނާއި ގައުމުތަކާއި ވާދަކޮށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗަކަށްފަހު މެޗެއް ރާއްޖެ ޓީމުން ދަނީ ތަޖުރިބާ ހޯދާ ކުޅުން ރަނގަޅުކޮށް ހެދޭ ގޯސްތައް ވެސް ރަނގަޅުކުރަމުންނެވެ. ރާއްޖޭގެ ގްރޫޕަށް ބަލާލާއިރު އޮމާން އަދި ގަތަރަކީ 2024 ވަނަ އަހަރު ހޭންޑް ބޯލް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ދެޓީމުކަން ފާހަގަކޮށްލެވެ އެވެ. އަދި އޮމާނުން މިއަހަރުގެ ދުނިޔޭގެ މުބާރާތުގައި ވެސް ވާދަކުރާނެ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ އިތުރުން އޮމާންއާއި ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް އަދި ގަތަރާއި މޮންގޯލިއާ އެވެ. މިއަދު ހަވީރު ރާއްޖެގަޑިން 4 ޖަހާއިރު ރާއްޖެއިން ތައިލޭންޑާ ދެކޮޅަށް ނުކުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355