twitterviber whatsapp telegramfacebookyoutube instagram
1st September 2026

ނިދާފައި ވަގުތަކީ ހަށިގަނޑު އޭގެ އެންމެ މުހިއްމު މަސައްކަތް ކުރާ ގަޑިކަން އެނގޭތަ؟

ޚަދީޖާ އާދަމް
Sep 1, 2026

ފުރިހަމަ ނިންޖެއް މުހިއްމު ވަނީ ހަމައެކަނި މުޅިދުވަހުގެ ލޮނޑުކަން ފިލުވާ ހަށިގަނޑު އަރާމު ކުރުމަކަށް ނޫނެވެ. ތިމާ ނިދާފައި އޮންނަ ވަގުތަކީ ހަށިގަނޑާއި އަދި ސިކުނޑިވެސް އޭގެ އެންމެ މުހިއްމު މަސައްކަތް ކުރާ ވަގުތެވެ.

އެގޮތުން ތިމާ މުޅިދުވަހު ކުރި މަސައްކަތް ނުވަތަ ދަސްކުރި އެއްޗެއް ސިކުނޑި ޕްރޮސެސް ކުރަނީ ތިމާ ނިދާފައޮންނައިރުއެވެ. މިސާލަކަށް ތިމާ ދަސްކުރާ މައުލޫމާތެއް ހަނދާނުގައި ބެހެއްޓުމަށް އެ މައުލޫމާތު ވަކިގޮތަކަށް އޮގަނައިޒް ކުރެއެވެ. އެހެންކަމުން ކިޔަވާ ކުދިން ރޭގަނޑު ހޭލާ ތިބުމުގެ ބަދަލުގައި ރޭގަނޑު ފުރިހަމަ ނިންޖެއް ހޯދުން މުހިއްމެވެ.

އޭގެ އިތުރުން ނިދާފައި އޮންނަ ވަގުތު ދިފާއި ނިޒާމު ވަރުގަދަކޮށް، ހޯމޯންތައް ހަމައަކަށް އެޅުވުމަށް ވެސް ހަށިގަނޑު މަސައްކަތް ކުރެވެ. މި މަސައްކަތްތައް ނިމުގެ 3 ސްޓޭޖަކަށް ބަހާލައެވެ. ފުރަތަމަ ސްޓޭޖަކީ ލައިޓް ސްލީޕެވެ. މިއީ ހޭލުމާއި ނުވަތަ ގަދަޔަށް ނިދުމާ ދޭތެރޭގައި ތިމާ އޮންނަ ވަގުތެވެ. މި ސްޓޭޖުގައި ހިތުގެ ހިނގުން މަޑުވެ ހަށިގަނޑަށް ހަމަޖެހުން ގެނެސްދެއެވެ.

ދެވަނަ ސްޓޭޖަކީ ޑީޕް ސްލީޕް ނުވަތަ ގަދަ ނިދީގައި ތިމާ އޮންނަ ވަގުތެވެ. މިވަގުތު ތިމާއަށް ޖިސްމާނީ ގޮތުން އަނިޔާއެއް ވެފައިވާނަމަ ޓިސޫ ރިޕެއާ ކުރުންފަދަ މުހިއްމު މަސައްކަތް ފަށައެވެ. އެެހެން ކަމުން ގަދަ ނިދީފައި ތިމާގެ ނިދުމުގެ ގިނަ ވަގުތު ހޭދަވުމަކީ ތިމާގެ ހަށިގަނޑު ޖެހިގެން އަންނަ ދުވަހަށް ތައްޔާރުކުރުމަށް ވަރަށް މުހިއްމު ކަމެވެ.

އެންމެ ފަހު ސްޓޭޖަކީ ރެމް ސްލީޕެވެ. ރެމްގެ މާނައަކީ ރެޕިޑް އައި މޫވްމެންޓްސްއެވެ. މިއީ ތިމާއަށް ހުވަފެން ފެންނަ ވަގުތެވެ. މި ސްޓޭޖުގައި ނަފްސާނީ ގޮތުން ތިމާގެ އިހުސާސްތައް ސިކުނޑު ޕްރޮސެސް ކުރެއެވެ.

މީގެ އިތުރުން ހިތުގެ މައްސަލަތަކުން ސަލާމަތް ވުމަށާއި ބަލިތަކުން ދުރުގެ ހުރުމަށް ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށްވެސް ނިދި ވަރަށް މުހިއްމު ދައުރެއް އަދާކުރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355