ޓެކްނޮލޮޖީ ކުރިއަރައިގެން ދިއުމަށްފަހު ދުނިޔެ މިވަނީއެތައް ގޮތަކަށް ބަދަލުވެފައެވެ. މީގެ ކުރިން އަހަރެމެންގެ ސިކުނޑިއަށް ވިސްނިފައިވާވެސް ނުވާ އެއްތައް ކަމެއް އީޖާދުވެގެން ގޮސްފައެވެ. އަތުގައި މި އޮންނަ ކުޑަކުޑަ ފޯނުން ގޭގައި ހަމަޖެހިލައިގެން އިދެގެން ދުނިޔޭގެ އެކި ކަންކޮޅުތައް ބަލާލެވެއެވެ. އެކި ގައުމުތަކުގެ އެކި ހިސާބުތަކުގެ މީހުންނާ ވާހަކަ ދައްކާލާ ހެދުމަކީ މިހާރުއެއްވެސް ކަމެއްނޫނެވެ.
ޝޯސަލް މީޑިއާ ޕްލެޓްފޯމް ތަކަކީ އަހަރެމެން ދިވެހިންނަށް ވެސް އައު އެއްޗެއް ނޫނެވެ. ފޭސްބުކުން ފެށިގެން އިންސްޓަގްރާމް އަދި ސްނެޕްޗެޓަކީ
ދުވަހުގެ މުހިއްމު އެއްބަޔަށް މިވަނީ ވެފައެވެ. ދޫކޮށްލާ ސްޓޯރީތަކުން މީހެއްގެ މުޅި ދުވަސް ފެށިގެން ނިމިގެންދާ ގޮތް އެބަ އެނގެއެވެ. މިކަމަށް ދެވި ހިފާފައިވާލެއް ވެސް ބޮޑެވެ.
ސުވާލަކީ އެއީ ކީއްވެތޯއެވެ. ބަޔަކަށް ތިމާގެ ދިރިއުޅުމުގެ ކަންކަން ދައްކަން ނުވަތަ އެކަމަށް އެޑިކްޓްވެފައި މި ތިބެނީ ކީއްވެ ހެއްޔެވެ. ސައިކޮލޮޖިސްޓުން ބުނާގޮތުގައި މިއީ އިންސާނާގެ ތަބީއަތުގެވެސް ލައްވާފައިވާކެމެވެ. އެހެން މީހުންނަށް ތިބޭ އެނގުން ނުވަތަ ނޯޓިސްވުމެވެ. ކޮށްލާ ޕޯސްޓަކުން އެއަށްލިބޭ ލައިކްއަކުން ނުވަތަ ތިމާގެ ފޮޓޯއަށް ކޮށްލާ ކޮމެންޓަކުން އެއަށް އެޑިކްޓްވެ އިތުރުން އެހެން މީހުން އެޓެންޝަން ބޭނުންވެއެވެ.
ދެން މިވަނީ ކިހިނެއް ހެއްޔެވެ؟ ތިމާއާއި ދެން ތިބޭ މީހުންނާ އަޅައިކިޔެނީއެވެ. އެހެން މީހެއްގެ ދިރިއުޅުން ފަދައިން ތިމާގެ ދިރިއުޅުންވެސް ވާން ބޭނުންވަނީ އެވެ. ސޯޝަލް މިޑިޔާ ބައްޓަންކޮށްފައިވަނީވެސް މިކަހަލަ ގޮތަކަށެވެ. ނޮޓިފިކޭޝަން، ރިއެކްޓްސް، ކޮމެންޓްސް، ފޯސްތަކުގެ މައްޗަށެވެ. ޕޯސްޓެއް ކޮށްލުމަށްފަހު އެއަށް ލިބިފައިވާ ރިއެކްޓްސް، ކޮމެންޓްސް ބަލާލަން އަބަދުވެސް ފޯނު ހުޅުވާލެވެއެވެ. އެހެން މީހެއްގެ ޕޯސްތަކަށް ވުރެ ތިމާގެ ޕޯސްޓަށް ލިބިފައިވަނީ އިތުރަށް ކިތައް ކޮމެންޓްސް ތޯބެލުމަށެވެ. ސީންކޮށްފައިވަނީ ކިތަށް މީހުންތޯ ބެލުމަށެވެ. އަހަރެމެންގެ ދިރިއުޅުން މިވަނީ ވާޗުއަލް ދުނިޔެއަކަށް ވެފައެވެ. މިކަމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަން ބުރުއަރާ ހިސާބަށް ވަނީ ގޮސްފައެވެ. އަހަރެމެން ވަށައިގެން ހަގީގަތުގައި ހިނގާ ކަންކަމަށް އަހަރެމެންގެ ލޯ މިވަނީ ކަނުވެފައެވެ.
އެކަމުގެ ސަބަބުން އަހެރެމެން ހަށިގަނޑުވެސް އެތައް ބައްޔެގެ ޝިކާރައަކަށް އެބަވެއެވެ، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިހާރު ބޮޑެތިވަމުން މި އަންނަ ކުދިންގެ މެދުގައި މި ކަންކަން އަންނަނީ އިތުރު ވަމުންނެވެ. ރަނގަޅަށް ނުނިދުމުގެ ސަބަބުން ހަނދާން ނެތުމާއި، ލޮލުގެ މައްސަލަތާއި، ބަރުދަން އިތުރުވުން، ލޭމައްޗަށް ދިއުން ފަދަ ކަންކަން އަންނަނީ އާންމު ވަމުންނެވެ.
ކޮންމެ ކަމެއްގައި ވަކި މިންގަނޑެއްގައި ކަނޑައެޅުން މުހިއްމެވެ. ޓެކްނޮލޮޖީއަކީ މިހާރުގެ ދުނިޔޭގައި ވަރަށް މުހިއްމު އެހާމެ ބޭނުންތެރިވެސް އެއްޗެކެވެ. އަހަރެމެންގެ އެތައްކަމެއް ފަސޭހަވެސް ކޮށްދޭ އެއްޗެކެވެ. އެހެންނަމެވެސް ތިމާގެ ނަފްސާނީ ދުޅަހެޔޮކަމާއި، ސިއްހަތަކީ އަގުނުކުރޭ ދެ ނިއުމަތްކަން ދަންނާށެވެ.




