twitterviber whatsapp telegramfacebookyoutube instagram
9th September 2026

ކަނޑު: އިންސާނާ ދިރިހުރުމުގެ މުހިންމު ބައެއް

ޚަދީޖާ އާދަމް
Sep 9, 2026

އަހަރެމެންގެ ވަށައިގެންމިވާ މާސިންގާ ކަނޑަކީ ބިރުވެރި ތަނެއްގައި ސިފަވިއަސް އެއީ އަހަރެމެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާއި ގުޅިފައިވާ ވަރަށް މުހިއްމުތަނެކެވެ. އަހަރެމެންނަށް އަބަދުވެސް ދެކެވޭ ވާހަކައަކީ އެއިން އަހަރެމެންނަށް އޮތް ނުރައްކަލުގެ ވާހަކައެވެ. އެކަމަކު ކަނޑުގެ ލޮނުގަނޑު ހިނދިއްޖެނަމަ ނުވަތަ ދުނިޔޭގެ ހަތްދިހައެއް ޕަސެންޓްގެ ގޮތުގައި ހިމެނޭ ބޮޑެތި ކަނޑުތަކުގެ ބަދަލުގައި ހުސް ބިން އޮވެއްޖެކަމަށް ވާނަމަ ދެން ވާނެ ގޮތެއް އެނގޭހެއްޔެވެ؟

މި ކަނޑުތަކަކީ އެތައް މިލިއަން ދިރުންތަކެއް އެތަނެއްގައި ލައްވާފައިވާ ތަނެކެވެ. އެގޮތުން ޕައިޓްޕްލޭންކްޓޮން، އަލްގޭ އަދި ސައިނޮބެކްޓީރިއާ ކުދިކުދި އޯގަނިޒަމްސް ވެސް ހިމެނެއެވެ. އިންސާނުންގެ އިތުރުން ޖަނަވާރުވެސް ދިރިހުރުމަށް އެންމެ މުހިއްމު އޮކްސިޖަންގެ ބޮޑު އިންސައްތައެއް މި ކުދިކުދި އޯގަނިޒަމްސްތަކުން އުފައްދައެވެ. އޮކްސިޖަންގެ ބޮޑު އިންސައްތައެއް އަހަރެމެންނަށް ކަނޑުތަކުން ލިއްބައިދެއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ރެގިއުލޭޓް ނުވަތަ ކޮންޓްރޯލް ކުރުމަށްވެސް ބޮޑު ދައުރެއް އަދާކުރެވެ. އެގޮތުން އިރުން އަންނަ ހޫނުގެ ބޮޑުބައެއް ކަނޑުތަކުން ނަގައެވެ. އަދި ކަނޑުގެ އޮއިވަރުގެ އެހީގައި އެ ހޫނުކަން ދުނިޔޭގެ އެކި ހިސާބުތަކަށް ދައުރުކޮދެއެވެ. މިކަމުގެ ސަބަބުން ފިނި ހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދެއެވެ. ކަނޑުގެ ބޮޑު ސަތަހަކުން އިރުގެ ހޫނުކަން ދައުރުނުކޮށްދޭނަމަ ހީޓްވޭވް ފަދަ ނުރައްކާތެރި މޫސުމީ ބަދަލުތަކާއި އަހަރެމެންނަށް ކުރިމަތިވުމީ އެކަށީގެންވާކެމެވެ. މީގެ އިތުރުން ކަނޑުން ނަގާ ހޫނުގެ ބޮޑުބައެއް އާވީގެގޮތުގައިވެސް ބޭރުވެއެެވެ.

އަހަރެމެންނަށް ކަނޑުން ލިބޭ އެންމެ ބޮޑު މަންފާއަކީ ކާނާއެވެ. ހާއްސަކޮށް އަހަރެމެންގެ ދިވެހިންނަކީ ކަނޑު ރޯއްޖަށް ވަރަށް ބޮޑަށް ބަރޯސާވާ ކޮންމެ ދުވަހެއްގެ ދިިރިއުޅުމަށް މަހުގެ ބޭނުންތައް ބޭނުންކުރާ ބައެކެވެ. މީގެ އިތުރުން މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ދައުރެއް އަދާ ކުރާ ދިވެހިން އެންމެ ޒަމާނުންސުރެ އާމްދަނީ ހޯދުމަށް ކުރަންއަންނަ މަސައްކަތެވެ. މީގެ އިތުރުން ޓޫރިޒަމް ފަދަ ބޮޑެތި ސިނާއަތްތައް ވަނީ ކަނޑުތަކާއި ގުޅިފައެވެ.

އެހެންކަމުން ދުނިޔޭގެ ބޮޑުބައެއްކަމުގައި މި ހިމެނޭ ކަނޑަކީ އަހަރެމެން ދިރިއުޅުމަށް ވަރަށް މުހިއްމު ތަނެކެވެ. ކަނޑުތައް ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ، ކަނޑުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޕްލާސްޓިކެވެ. ކަނޑަށް ކުނިއެޅުމަކީ ކުޑަ ކަމެއްގޮތުގައި ހީވިއަސް އެކަމުގެ ސަބަބުން ކަނޑުގެ ދިރުންތައް މަރުވެ، މުރަކަފަދަ ތަކެތި މަރުވެއެވެ. މިކަންކަން ތަކުރާރުވަމުންދާނަމަ މުސްތަގުބަލުގައި އެކަމުގެ ގެއްލުންތަކާ ކުރިމަތި ލާންޖެހިދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293