twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަޟްޙާ ޢީދާ ދިމާކޮށް ކުޅުދުއްފުށީގައި ބޭއްވި ޢީދު ކުޅިވަރުތައް ނިމިއްޖެ

Nov 10, 2011

އިބްރާހިމް ހަމީދު

މިއަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް ކުޅުދުއްފުށީގައި ބޭއްވި އީދު ކުޅިވަރުގެ ހަރަކާތްތައް މިއަދު ނިމިއްޖެ އެވެ.

ތަފާތު ގިނަ ކުޅިވަރުތައް ކުޅުނު މިއަހަރުގެ ޢީދު ކުޅިވަރުތަކުގައި ހިމެނިގެން ވާދެމުމުގެ މުބާރާތަކާއި، ބައިބަލާ މުބާރާތެއްގެ އިތުރުން ކުޑަކުދިންގެ ހަވީރެއްވެސް ވަނީ ބާއްވާފައި އެވެ.

އެގޮތުން އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި ވާދެމެމުގެ މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރީ، ގަދަ ހިތްވަރާއި ހެދޭކުރި އެވެ. މިމެޗު ދެ ދެމުމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހެދޭކުރި ޓީމެވެ.

ފިރިހެނުންގެ ވާދެމުމުގައި ގޮވެލި ޓީމާއި ބުރު ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގޮވެލި ޓީމެވެ. މިމެޗްގެ ނަތީޖާ ނެރެފައިވަނީ، ދެޓީމް އެއްވަރުވުމުން ގަދަ ހިފުމަކަށް ގޮސްގެންނެވެ.

ޢީދު ކުޅިވަރުތަކުގެ ތެރެއިން ކުޅުދުއްފުށީގައި ކުރިއަށްދިޔަ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ބުރު ޓީމެވެ. ބުރު ޓީމު ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ކޭވައިޖީގެ ބައިބަލާ ޓީމާ ބައްދަލުކޮށް މެޗު ކާމިޔާބު ކޮށްގެންނެވެ. މިމުބާރާތުގެ މިސްޓަރ ބައިބަލާއަކަށް ހޮވުނީ ބުރު ޓީމުގެ އަސްޖައު މޫސާއެވެ.

މިއަދު ހަވީރުު 65 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ބިސް ރޭހެއްވެސް ވަނީ ބާއްވާފައި އެވެ. ޢީދުގައި ބޭއްވުނު ކުޅިވަރުތަކުގައި ބައިވެރިވެ ޗެމްޕިއަންކަން ހޯދި ޓީމުތަކަށް އިނާމު ދިނުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު އެވެ. މިއަހަރު އެންމެ ފޯރިއާއެކު ކުރިއަށް ދިޔައީ ވާދެމުމާއި ބައިބަލާ މުބާރާތްކަން ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355