twitterviber whatsapp telegramfacebookyoutube instagram
14th October 2026

ހިރަފުސް ދަނޑުން އިންތިޒާމު ކޮށްގެން ފުޓްބޯޅަ ކޯޗިން ކޭމްޕެއް ފަށައިފި

Dec 21, 2011

.

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ހިރަފުސް ދަނޑުން އިންތިޒާމު ކޮށްގެން ފުޓްބޯޅަ ކޯޗިން ކޭމްޕެއް ފަށައިފި އެވެ.

ކުޅުދުއްފުށި  އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ހިރަފުސް ދަނޑުގެ އޮފިޝަލް އާދަމް އިލްހާމް ވިދާޅުވީ، މި ކޯޗިން ކޭމްޕްގެ މަގުޞަދަކީ ފުޓްބޯޅަ ކުރިއަރުވާ ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދީ އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ކޯޗިން ކޭމްޕެއް ކަމަށެވެ.

މިކޯޗިން ކޭމްޕްގައި 11 އަހަރާއި 13 އަހަރާ ދެމެދުގެ 27 ކުދިން ބައިވެރިވެފައިވާ ކަމަށާއި އަދިވެސް ވަރަށް ގިނަ ކުދީން ކޯޗިން ކޭމްޕްގައި ބައިވެރި ވުމަށް އެދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މިކޭމްޕް ކުރިއަށްދާނީ މިމަހުގެ 20 ން 30 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ދެސެޝަނަކަށް ކަމަށް އާދަމް އިލްހާމް ވިދާޅުވި އެވެ.

މިކޯޗިން ކޭމްޕުގައި ކިޔަވައިދެނީ ފުޓްބޯޅައިގެ ހުނަރު ލިބިފައިވާ ކުޅުދުއްފުށީގެ ކުޅުންތެރިންނެވެ. ހިރަފުސް ދަނޑުގައި ކުޅޭޭ ކުޅުންތެރިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މިކޯޗިން ކޭމްޕަކީ ހިލޭ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ކޯޗިން ކޭމްޕެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293