twitterviber whatsapp telegramfacebookyoutube instagram
14th October 2026

ހިރަފުސް ކޯޗިންގ ކޭމްޕް ނިމިއްޖެ

Dec 30, 2011

.

ކުޅުދުއްފުށީ ހިރަފުސް ދަނޑުން އިންތިޒާމު ކޮށްގެން މިމަހުގެ 20 އިން 30 ހަށް ބޭއްވި ކޯޗިން ކޭމްޕް ނިމި، ކޯޗިން ކޭމްޕް ފުރިހަމަ ކުރި ކުދިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.

މިއަދު ހަވީރު ކޯޗިން ކޭމްޕް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ކޭމްޕް ނިންމި ކުދިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ޝަރަފްވެރި މެހެމާން، ކުޅުދުއްފުށީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ކޯޗު މުޙައްމަދު ޢަލީ (ބޮޑު ސޯޅަ) އެވެ. މިރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކާގައި، ރަށުގެ ޒުވާނުން އިސްނަގައިގެން މިފަދަ ކަމެއް ކުޑަކުދިންނަށް އަމާޒު ކޮށްގެން ހިންގާފައި ވާތީ އެކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން މިކޭމްޕްގެ ހެޑް ކޯޗު އަބްދުއްރަޝީދު ސައީދު (އަބްސީ) ވަނީ ކޭމްޕްގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިންނާ ބައްދަލު ކޮށްފައެވެ. އަދި ކޭމްޕް ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

ކޯޗުންގެ ފަރާތުން ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދައްކަމުން، މިކޭމްޕްގައި ކޯޗު ކޮށްދެއްވި އެއް ކޯޗު ކަމުގައިވާ މުޙައްމަދު ދާއޫދު ވަނީ މުޅި ކޭމްޕްގެ ތެރޭގައިވެސް ކުދިން ގަޑި އަށް ފަރުވާތެރިވާތީ އެކަން ފާހަގަ ކޮށްފައެވެ. ގިނަގިނައިން މިފަދަ ކަންކަމުގައި ބައިވެރިވެ ކޯޗުންގެ އިރުޝާދު ހޯދުމަށް ކުދިންނަށް ނަސޭހަތްތެރި ވިއެވެ.

ކޯޗިން ކޭމްޕް ނިންމުގެ ގޮތުން މިއަދު ވަނީ ކޯޗިން ކޭމްޕް ގައި ބައިވެރިވި ކުދިން ދެޓީމަކަށް ބަހާލައިގެން ފުޓުބޯޅަ މެޗެއް ކުޅެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293