twitterviber whatsapp telegramfacebookyoutube instagram
21st March 2026

ދިރާގުގެ ހޯމް އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކަށް ބަދަލު ގެނެސްފި

May 18, 2012

.

ވޯލްޑް ޓެލެކޮމްސް އެންޑް އިފޮމޭޝަން ސޮސައިޓީ ދުވަހާއި ގުޅުވައިގެން ދިރާގުގެ އިންޓަނެޓް ޕެކޭޖްތަކަށް ބަދަލު ގެނެސްފިއެވެ.

އިންޓަނެޓްގެ ޚިދުމަތް އެންމެ ފުޅާކޮށް ރާއްޖޭގައި ދެމުންއަންނަ ކުންފުނިން ބަދަލު ގެނެސްފައި ވަނީ ހޯމް 50 ޖީބީ ޕެކޭޖަށާއި ހޯމް 75 ޖީބީ ޕެކޭޖަށެވެ. މިއިން ކޮންމެ ޕެކޭޖަކަށް ވެސް މިހާރު ދައްކަމުން ދާ މަހުފީ ދިރާގުން ވަނީ ދާއިމީ ބަދަލެއްގެ ގޮތުން ދަށްކޮށްފައެވެ.

ހޯމް 50 ޖީބީ ޕެކޭޖްގެ ނަންވަނީ ޕްރޯ އަންލިމިޓެޑް 1 އެމް ގެ ނަމަށް ބަދަލުކޮށް މަހުފީ 790 ރުފިޔާ އަށް ކުޑަކޮށްފައެވެ. އަދި ހޯމް 75 ޖީބީ ޕެކޭޖްގެ ނަން ވަނީ ޕްރޯ އަންލިމިޓެޑް 2 އެމް ގެ ނަމަށް ބަދަލުކޮށް، މަހުފީ 990 ރުފިޔާ އަށް ކުޑަކޮށްފައެވެ.

މިބަދަލުގެ ސަބަބުން މިހާރު ހޯމް 50 ޖީބީ ބޭނުން ކުރައްވަމުން ގެންދިޔަ ކަސްޓަމަރުންނަށް ކޯޓާގެ ގޮތުގައި އިތުރު 25 ޖީބީ ލިބިގެން ދިއުމާއެކު ޕްރޯ އަންލިމިޓެޑް 2 އެމް ޕެކޭޖް އަށް ބަދަލު ވެގެންދާނެއެވެ. އަދި މިހާރު ހޯމް 75 ޖީބީ ބޭނުން ކުރަމުން ދިޔަ ކަސްޓަމަރުންގެ މަހު ފީން 500 ރުފިޔާ އުނިވެގެން ދާނެއެވެ.

ހޯމް 75 ޖީބީގެ ޕެކޭޖަށް ދިރާގުން ކުރިން ނަގަމުން ދިޔައީ 1490 ރުފިޔާގެ މަހުފީއެކެވެ. އަދި ހޯމް 50 ޖީބީ ގެ މަހުފީއަކީ 990 ރުފިޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355