twitterviber whatsapp telegramfacebookyoutube instagram
16th May 2026

ކުޑަކުދިންގެ ޑޮކްޓަރު އަފީފް ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކަށް

Jun 17, 2025

ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަބުދުﷲ އަފީފް ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކްގައި ބަލި މީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ އަފީފް އެ ކްލިނިކްގައި ބަލި މީހުން ބެލުމަށް ހަމަޖެހިފައިވަނީ ޖޫން 27 އަދި 28 ވަނަ ދުވަހު އެވެ.

އެޕޮއިންޓްމެންޓް ހެއްދެވުމަށާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6528181 ނަންބަރަށް ގުޅުން އެދެމެވެ. އަދި 7328181 ނަންބަރަށް ވައިބާކޮށްގެންވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.

އެޕޮއިންޓްމެންޓް ނޯޓް ކުރުން ކުރިއަށް ދާނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު:

ހެނދުނު 12:00-9:00

މެންދުރުފަހު 16:00-13:00

ރޭގަނޑު 22:00-20:00

ދަތުގެ ފަރުވާއަށް ހާއްސަކޮށް ކުޅުދުއްފުށީގައި ހުޅުވި ހާޖީ މެޑިކަލް ކުލިނިކްގައި ދަތުގެ ތަފާތު ހިދުމަތްތަކުގެ އިތުރުން ވިޒިޓިން ޑޮކްޓަރުންގެ ހިދުމަތްވެސް އަންނަނީ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355