twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގު ބްރޯޑްބޭންޑް ރޯޑްރޭހުގައި ސްކޫލުތަކުގެ ބައިގެ އެއްވަނަ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލު ގެ އަންހެން ޓީމު ހޯދައިފި

Jun 29, 2012

 .

މިއަދު ހަވީރު މާލޭގައި ބޭއްވި ދިރާގު ބްރޯޑްބޭންޑް ރޯޑްރޭހުގައި ސްކޫލުތަކުގެ ބައިގެ އެއްވަނަ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލު ގެ އަންހެން ޓީމު ހޯދައިފިއެވެ.

ރާޅުގަނޑު ސަރަހައްދުން ފެށިގެން މާލެ ވަށައި އެއްބުރު ޖަހަންޖެހޭ ރޭހުގެ ސްކޫލުތަކުގެ ބައިން ޖަލާލުއްދީން ސްކޫލުގެ އަންހެން ޓީމު ހޯދިއިރު، އެ ސްކޫލުގެ އައިޝަތު ސާއިދާ ޖިބްރީލް ވަނީ އެކެޓެގަރީގެ ފާސްޓެސްޓް ރަނަރގެ މަގާމް ހޯދާފައެވެ. އެއްވަނަ ލިބުނު ޖަލާލުއްދީން ސްކޫލުގެ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީއެއް ލިބިފައިވެއެވެ،. އަދި ފާސްޓްޓެސްޓް ރަނަރ ސާއިދާ އަށް 3000 ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީއެއް ލިބުނެވެ.

މިކާމިޔާބީއާ ބެހޭގޮތުން ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ، މިއީ އަނެއްކާވެސް ސްކޫލަށް ލިބުނު ބޮޑު ކާމިޔާބީ އެއް ކަމަށެވެ. އަދި އަންހެން ޓީމަށް އެއްވަނަ ލިބި ފިރިހެން ޓީމަށް ދެވަނަ ލިބުނު ކަމުގައި ވިޔަސް ޓީމުގެ ހުރިހާ ކުދިން ކުރި ހިތްވަރަށް ސާބަސް ދޭކަމަށެވެ. އަދި މުބާރާތަށް ޓީމު ދިޔައިރުވެސް އަންހެން ޓީމު އެއްވަނަ ހޯދާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ޓީމުގެ ކޯޗު ބުނެފައިވާކަން ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ.

ޖަލާލުއްދީން ސްކޫލުގެ ޓީމާއެކު މިވަގުތު މާލޭގައި ހުރި ޓީމުގެ ކޯޗު މުޙައްމަދު ޙަސަން ވިދާޅުވީ، ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށާއި ލިބުނު ކާމިޔާބީ އާމެދު ހިތްހަމަޖެހޭކަމަށެވެ.

މިއަހަރުގެ ރޯޑްރޭހުގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ދެ ޓީމުގެ އިތުރުން ކުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކްލަބްގެ އަންހެން ޓީމާއި ފިރިހެން ޓީމް އަދި ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަންސް ސެންޓަރުގެ ޓީމެއް ބައިވެރިވިއެވެ.

މިދިޔަ އަހަރުގެ ރޭހުގައި ސްކޫލު ތަކުގެ ބައިން ޖަލާލުއްދީން ސްކޫލުގެ ޓީމު ވަނީ އަންހެން އަދި ފިރިހެން ބައިން އެއްވަނަ ހޯދާފައެވެ.

އިޖްތިމާޢީ ކޮންމެ ވެސް ޝިއާރެއްގެ ދަށުން ރާއްޖޭގައި ބާއްވާ އެންމެ ދިގު ދުވުމަށް މިއަހަރު ދީފައިވާ ޝިއާރަކީ، “ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި ގެވެށި އަނިޔާ ހުއްޓުވު”މެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355