twitterviber whatsapp telegramfacebookyoutube instagram
7th January 2026

ދިރާގުން އޭޑީއެސްއެލް ޕްރޮމޯޝަންއެއް ފަށައިފި

Jul 10, 2012

.

ދިރާގުން ދޭ އޭޑީއެސްއެލް ޚިދުމަތުގެ އަގުހެޔޮކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިޕްރޮމޯޝަންގައި ދިރާގުގެ އޭޑީއެސްއެލް ޚިދުމަތަށް އެދިލެއްވުމަށް ނަގާފީ އެންމެ 150 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. ދިރާގުން މަޢުލޫމާތު ދޭގޮތުގައި ފޯނުލައިނެއް ގޭގެތެރެއަށް ލައިފައި ހުރި ކޮންމެ ފަރާތަކަށް ވެސް މިޕްރޮމޯޝަންގެ ތެރެއިން ކުޑަ އަގުގައި އިންޓަނެޓް ކަނެކްޝަންގުޅާދޭނެއެވެ.

އޭޑީއެސްއެލް އިންޓަނެޓް ގުޅައިދިނުމުގެ އާންމު އަގަކީ 500ރ. އެވެ. އަދި އާ ލައިނެއް ނަމަ ގުޅައިދެނީ 1،000ރ. އަށެވެ.

އޭޑީއެސްއެލް ކަނެކްޝަނެއް ގުޅާލުމުން ދިރާގުން ދެމުއަންނަ ހައިސްޕީޑް އިންޓަނެޓް ޕެކޭޖްތަކާއި އަންލިމިޓެޑް ޕްކޭޖްތައް ލެވޭނެކަމަށް ދިރާގުން ބުނެއެވެ. މިގޮތުން ދިރާގުގެ ޕްރޯ އަންލިމިޓެޑް 2 އެމް، ޕްރޯ އަންލިމިޓެޑް 1 އެމް، ހޯމް ޕްރީމިއާ 10 އެމް، ހޯމް ޕްރީމިއާ 4 އެމް، ހޯމް ޕްލަސް އަދި ހޯމް ސްޓާޓަރ ލެވޭނެއެވެ. މީގެ އިތުރުން ބިޒްނަސް ޕެކޭޖްތައް ލެވޭނެކަންވެސް ދިރާގުން ފާހަގަ ކުރެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އޮގަސްޓް 2 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355