twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިރާގު ބޮޑު ހަދިޔާ ޕްރޮމޯޝަންގައި ބޮޑެތި ހަދިޔާތަކެއް

Jul 22, 2012

.

ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން “ދިރާގު ބޮޑު ހަދިޔާ” ޕްރޮމޯޝަން ފަށައިފި އެވެ.

ދިރާގުން ފަށާފައިވާ މި ޕްރޮމޯޝަންގައި ދިރާގުގެ އެކި ޚިދުމަތްތައް ބޭނުންކޮށްގެން ތަފާތު އިނާމުތައް ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ.

ދިރާގުގެ ބޮޑު ހަދިޔާ ޕްރޮމޯޝަންގައި ބައިވެރިވެވެނީ ވަކި ވަރަކަށް ކޯލް ކުރައްވައިގެންނެވެ. މިގޮތުން ޕޯސްޓް ޕެއިޑާއި ޕްރިޕެއިޑުން 100ރ. ގެ ލޯކަލް ކޯލް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ފިކްޑްސް ލައިންތަކުން 50ރ. ގެ ކޯލް ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަނަށް އިނާމު ހުށަހަޅާފައި ވަނީ ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސް އާއި ދިރާގު ގުޅިގެންނެވެ.

އިނާމުތަކުގެ ތެރޭގައި ހިމެނެނީ އައިސް އަލަމާރި އާއި ގޭސް އުނދުނާއި ޑިޝްވޮޝާގެ އިތުރުން މައިކްރޯވޭވް އަވަނާއި ފުޑް ޕްރޮސެސާގެ އިތުރުން ފުލް އެޗްޑީ އަދި ތްރީޑީ ޓީވީ އަކާއި ބްލޫރޭ ހޯލް ތިއޭޓާ ސިސްޓަމެވެ. ނުވަ ނަސީބުވެރިއެއް ހޮވައި އެންމެ ފެންވަރު ރަނގަޅު ޕެނަސޮނިކް ފުޑް މިކްސަރެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުވަ ނަސީބުވެރިއެއް ހޮވައި އެންމެ ފެންވަރު ރަނގަޅު ޕެނަސޮނިކް ފުޑް މިކްސަރެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ ބައެއް ޚިދުމަތްތަކުގެ އަގުތައް ވެސް ވަނީ ހެޔޮކޮށްފައެވެ. މިގޮތުން ދަންވަރު 00: 1 އާއި ހެނދުނު 00: 8 އާ ދެމެދުގެ ވަގުތުތަކުގައި ކުރާ ކޮންމެ ލޯކަލް ކޯލަކަށް ޗާޖުކުރާނީ 46ލ. އެވެ. އަދި މި ރޯދަ މަހު ސައުދީ އަރަބިއްޔާއަށް ގުޅުމަށް ހާއްސަ އަގެއްގެ ގޮތުގައި މިނެޓަކަށް 1.99ރ ވަނީ ހަމަޖައްސާފައެވެ.

ދިރާގުން ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން މިއަހަރު ވެސް މޮބައިލް ކޮންޓެންޓް މޭނިޔާ މުބާރާތް ފަށާފަ އެވެ. “ރަމަޒާން އިން މޯލްޑިވްސް” މި ތީމް އަށް ފޮޓޯ އާއި އޯޑިއޯ އަދި ވީޑިއޯ ތައްޔާރުކޮށްގެން ލިބޭ އިނާމުތަކުގެ ތެރޭގައި އަގު ބޮޑު ކެމެރާތަކެއް ހިމަނާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355