twitterviber whatsapp telegramfacebookyoutube instagram
16th October 2025

ޒިގްޒެގް އޮފީސް ފުޓްސަލް މުބާރާތް އަންނަމަހު ފަށަނީ

Oct 11, 2012

ޒިގްޒެގް ޖަމިއްޔާގެ ފަރާތުން ބާއްވަމުން އަންނަ އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް އަންނަ މަހު ބާއްވަން އެޖަމިއްޔާއިން ނިންމައިފި އެވެ.

ޒިގްޒެގް ޖަމިއްޔާއިން ބުނީ މިއަހަރުގެ މުބާރާތް ބާއްވަން ހަމަޖައްސާފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލައިގެން ކަމަށެވެ.

އަންނަ ނޮވެމްބަރު މަހުގެ 10 ގައި ބޭއްވުމަށް ނިންމާފައިވާ މިމުބާރާތާބެހޭ ގޮތުން ޒިގްޒެގް ޖަމިއްޔާއިން ބުނީ މުބާރާތުގައި ބައިވެރިވުމަށް މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ކުޅުދުއްފުށީ “ވިޝުއަލް އިމޭޖް” އަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ވިޝުއަލް އިމޭޖް ސްޓޯޑިއޯއިން ލިބެން ހުންނާނެކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ކުޅުދުއްފުށީގައި މިހާރު ކުޅެވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތްކަމަށްވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ 1000 ރުފިޔާ އެވެ.

މިދިޔަ އަހަރު ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. މިއީ ޒިގްޒެގުން ބާއްވާ މިފަދަ 3 ވަނަ މުބާރާތެވެ.

އެޕްލިކޭޝަން ފޯމާއި މުބާރާތުގެ ގަވާއިދު ޑައުންލޯޑް ކުރެއްވުމަށް ތިރީގައިވާ ދެ ލިންކް ބޭނުންކުރައްވާ

މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް

މުބާރާތުގެ ގަވާއިދު

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355