twitterviber whatsapp telegramfacebookyoutube instagram
24th March 2026

މިއަދުގެ މެޗު 110 ލަނޑުގެ ތަފާތަކުން ކުޅުދުއްފުށީ ޓީމު ކާމިޔާބުކޮށްފި

Dec 26, 2012

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ހދ އަތޮޅު ނެޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މެޗު 110 ލަނޑުގެ ތަފާތަކުން ކުޅުދުއްފުށީގެ ޓީމު ކާމިޔާބު ކޮށްފި އެވެ.

މިއަދު ހަވީރު ހދ ނެއްލައިދޫ އާއި ކުޅުދުއްފުށީ ނެޓްބޯޅަ ޓީމް ބައްދަލުކުރި މެޗު ނިމިފައިވަނީ 113 ލަނޑު 3 ލަނޑުން ކުޅުދުއްފުށީގެ ޓީމު މެޗު ކާމިޔާބުކޮށްގެންނެވެ. ހުނަރުގެ ގޮތުން ތަފާތު ބޮޑު މި ދެޓީމް ބައްދަލުކުރި މިއަދުގެ މެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ޓީމުގެ ގޯލް އެޓޭކަރ ރާޝިދާ މޫސަ އެވެ.

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި ނޭކުރަންދޫ އެވެ.

ހދ އަތޮޅަށް ހުޅުވާލައިގެން އިއްޔެ ފެށި މި މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ 3 ޓީމެވެ. މިއީ ނެޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355