twitterviber whatsapp telegramfacebookyoutube instagram
23rd March 2026

ކޮރަލް ފުޓްސަލް ލީގު ފަށައިފި

Dec 29, 2012

ކުޅުދުއްފުށީގެ ފުޓުބޯޅަ ކްލަބް ކޮރަލް އިން އިންތިޒާމު ކޮށްގެން ބާއްވާ ކޮރަލް ފުޓްސަލް ލީގް 2012/2013 ފަށައިފި އެވެ.

އިއްޔެ ހަވީރު ކޮރަލް ފުޓުބޯޅަ ދަނޑުގައި ފެށި މިލީގުގައި 8 ޓީމެއް ވާދަކުރެއެވެ. ބައިވެރިވި 8 ޓީމު ދެގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ފައިނަލް މެޗާއެކު ޖުމްލަ 27 މެޗު ކުޅޭނެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ވަސްމުޑި ޓީމާއި އޮނަވިހި ޓީމެވެ. މިމެޗު 1-2 އިން ކާމިޔާބު ކުރީ އޮނަވިހި އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އަހުމަދު ދާވޫދުއެވެ.

އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ ދެޖީލް ޓީމާއި އޮފްސައިޑް ޓީމެވެ. މިމެޗު އޮފްސައިޑް ކާމިޔާބު ކުރީ 3-6 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު އަލީ (އަނޯ) އެވެ.

މިމުބާރާތް ފެބްރުއަރީ މަހުގެ 15 އާހަމައަށް ކުރިއަށް ދާނެއެވެ. މުބާރާތުގެ މެޗުތައް ކުޅެވޭނީ ކޮންމެ ހަފްތާ ބަންދެއްގައެވެ. މިއީ ކޮރަލް ފުޓުބޯޅަ ދަނޑަށް ކުޅެންދާ ޒުވާނުންގެ މެދުގައި ކޮންމެ އަހަރަކު ވެސް ބާއްވާ މުބާރާތެކެވެ. ކުރިން މިމުބާރާތް ބާއްވަނީ ކޮރަލް ފުޓްސަލް ކަޕްގެ ނަމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355