twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ފޭސްބުކް ބޭނުންކުރުން މެދުކަނޑާލުމަށް އެދި ބައްޕައަކު ދަރިފުޅަށް 200 ޑޮލަރު ހުށަހަޅައިފި

Feb 8, 2013

ފޭސްބުކް އަކީ އޭގެ ސަބަބުން އިޖްތިމާއީ ގުޅުންތައް ބަދަހިކުރުމަށް ކިތަންމެ ރަނގަޅު އެއްޗަކަށް ވިޔަސް، ފޭސްބުކް އަށް ކުދިން ދެވިހިފުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ހުރަސްއަޅާ އެއްޗެއް ކަމަށް ބައެއް މީހުން ދެކެވެ. އެފަދަ ބައްޕައެއް މިފަހަރު ކުރިކަމަކީ ދަރިފުޅު ފޭސްބުކް ބޭނުންކުރުން މެދުކަނޑާލުމަށް އެދި 200 ޑޮލަރު ހުށަހެޅުމެވެ.

އެމެރިކާގެ ބޮސްޓަންގެ ރިސާރޗް ކޮންސަލްޓަންޓެއް ކަމަށްވާ ޕޯލް ބައިއާ އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅު ފޭސްބުކް އިން “ބްރޭކެއް” ނެގުމަށް އެދި 200 ޑޮލަރު ހުށަހަޅާ އެގްރީމެންޓެއް ވަނީ ހަދާފައެވެ. އޭނާގެ އަމިއްލަ ބްލޮގްގައި އެ އެގްރީމެންޓް ޝާއިއު ކުރަމުން އޭނާބުނީ “މިއީ ދަރިފުޅުގެ އައިޑިއާއެއް. އަދި އަހަރެންނަށް އެގޮތް ކަމުދިޔައީ.” އެވެ.

މި އެގްރީމެންޓްގެ ދަށުން ނިމިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ 26 ގެ ނިޔަލަށް ފޭސްބުކް ބޭނުންކުރުން ހުއްޓާލުމަށް އޭނާގެ ދަރިފުޅު ވަނީ އެއްބަސްވެފައެވެ. އަދި 200 ޑޮލަރުގެ ތެރެއިން 50 ޑޮލަރު އެޕްރީލު މަހު ދިނުމަށާއި ބާކީ 150 ޑޮލަރު ޖޫން މަހު ދިނުމަށް ވަނީ އެއްބަސްވެވިފައެވެ. ޖޫން މަހަކީ އާއްމުގޮތެއްގައި އެމެރިކާގެ ސްކޫލުތަކަށް ސަމަރ ސީޒަންގެ ބްރޭކްއާ ދިމާވާ ދުވަސްކޮޅެވެ.

ޕޯލްގެ ބްލޮގަށް ކޮމެންޓް ކުރި ބައެއް މީހުން އޭނާއަށް ތާއީދު ކުރި ނަމަވެސް ބައެއް މީހުން ބުނެފައިވަނީ ދަރިން ލައްވާ ކަންކަން ކުރުވަން ފައިސާ ދިނުމަކީ ރަނގަޅު ގޮތް ނޫންކަމަށެވެ.

އެމެރިކާގެ ބައެއް ރިސާރޗްތަކުން ދައްކާގޮތުން ފޭސްބުކް ބޭނުންކުރާ މީހުންގެ 62 އިންސައްތަ މީހުން ހަފްތާއެއް ދެހަފްތާއަށް ފޭސްބުކް އިން ބްރޭކެއް ނަގާއުޅެއެވެ. — ސީއެންއެން

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355