twitterviber whatsapp telegramfacebookyoutube instagram
19th April 2024

ލޮލުގެ އިޝާރާތަށް ހަރަކާތްކުރާ ސެމްސަންގ ގެލެކްސީ އެސް 4 އަށް އަވަސް ކަޅިއެއް

Mar 20, 2013

އެޕަލް އެކޭ އެއްގޮތަށް އެކުންފުނީގެ ޕްރޮޑަކްޓެއް މާކެޓަށް އަންނަން އުޅޭކަމުގެ ވާހަކަ އިވޭއިރަށް އިންތިޒާރުގެ ގިޓާ ހިތުތެރޭގައި ޖައްސުވައިގަންނަ ކުންފުންޏަކަށް ސެމްސަންގ މިހާރު ވަނީ ވެފައެވެ. ހާއްސަކޮށް އެކުންފުނީގެ ފޯނެއް ނުކުންނަ ވާހަކަ އިވުމަކީ އާއީޖާދުތަކަށް ލޯބި ކުރާ ފަރާތަކަށް ވެސް ލިބޭ އުފާވެރި ހަބަރަކަށް ވެގެންދެ އެވެ. ސެމްސަންގ އިން އިހަށްދުވަހު ތަޢާރަފް ކުރި އެކުންފުނީގެ ގެލެކްސީ ސީރީޒްގެ ސެމްސަންގ ގެލެކްސީ އެސް 4 އަކީ މުޅިން އާކަންތަކާއެކު ނެރުނު ފޯނެކެވެ.

އެސް 4 ގެ މޮޅު ވާހަކަ ދައްކާއިރު އެންމެ ފާހަގަ ކޮށްލަން ޖެހޭ އެއް ކަމަކީ ފޯނުގައި އަތްނުލާ ލޮލުގެ އިޝާރާތުން ސްކްރީން ކޮންޓްރޯލް ކުރެވޭ ކަމެވެ. ފޯނުގައި ހިމަނާފައިވާ “ސްމާޓް ޕޯސް” ފީޗާގެ ސަބަބުން ފޯނުން ފިލްމެއް ނުވަތަ ވީޑިއޯއެއް ބަލަމުންގޮސް އެހެން ދިމާލަކަށް ބަލާލައިގެން ވީޑިއޯ ޕޯސް ކޮށްލެވިދާނެ އެވެ.

ލޮލުގެ އިޝާރާތުން ކުރެވޭ އިތުރު ކަންތައްތަކުގެ ތެރޭގައި ދެން ހިމެނޭ ފާހަގަ ކޮށްލެވޭ ކަމަކީ “ސްމާޓް ސްކްރޯލް” އެވެ. ފޯނުން އީމެއިލް ނުވަތަ އާޓިކަލް އެއް ކިޔަމުންދާ ވަގުތު ލޮލުގެ ހަރަކާތްތައް ދެނެގަނެއެވެ. އަދި ކިޔަމުންދާ ވަރަކަށް ތިރިއަށް ސްކްރޯލް ކޮށްލެވެއެވެ.

ލޮލުގެ އިތުރުން އިތުރުން ފޯނުގައި އެކުލެވިފައިވާ “އެއަރ ޖެސްޗަރސް” އަކީ ވެސް ކަމުދާނެ ފީޗަރ އެއްކަމަށް ބެލެވެ އެވެ. ފޯނު ގައި އަތްނުލާ ސްކްރީނުގެ ކުރިމަތީގައި އަތުން ގެންނަ ހަރަކާތްތައް ވެސް މިފޯނުން ދެނެގަނެވެއެވެ. މިސާލަކަށް ފޮޓޯތަކެއް ބަލަމުންދާއިރު އަތުގެ އިޝާރާތުން އަނެއް ފޮޓޯއަށް ބަދަލު ކޮށްލެވިދާނެ އެވެ. ނުވަތަ ފޯނެއް އަންނައިރު ފޯނުގައި އަތްނުލާ އަތުގެ އިޝާރާތުން ކޯލް ނެގިދާނެއެވެ.

ފޯނުގެ ކެމެރާއަށް ބަލާއިރު މިފަހަރުގެ ފޯނުގައި ވަނީ 13 މެގަޕިކްސެލްގެ ކެމެރާއެއް ހަރުކޮށްފަ އެވެ. ނަމަވެސް ފޯނުގެ ކުރިމަތީގައި ހުންނާނީ 2 މެގަޕިކްސެލްގެ ކެމެރާ އެކެވެ. ކެމެރާގެ ހާއްސަކަމުގެ ވާހަކަ ދައްކާއިރު، ކެމެރާއާއެކު އާކަމެއް ވަނީ ސެމްސަންގ އިން ތައާރަފްކޮށްފައެވެ. ސެމްސަންގ އެސް 4 އެއް ބޭނުންކޮށްގެން އެއްފަހަރާ ފޯނުގެ ދެފަރާތުގައި ހަރުކޮށްފައިވާ ދެކެމެރާއިން ފޮޓޯ ނަގާލެވެއެވެ.

ސެމްސަންގ އެސް 4 ގެ ސްކްރީނުގައި ޑައިގޮނަލްކޮށް ހުންނާނީ 5 އިންޗި އެވެ. އަދި ބޯމިނުގައި 7.9 އެމްއެމް އެވެ. މިއީ ގެލެކްސީ އެސް 3 އަށް ވުރެ ތުނި ފޯނި އަދި ލުއި ފޯނެކެވެ.

ސެމްސަންގެ އެސް 4 ގައި ތަފާތު ފީޗާތަކެއް ހުރިކަމުގައި ވިޔަސް، އެޕަލް އިން ސްމާޓްފޯނު އިންޑަސްޓްރީއަށް ގެނައިވަރުގެ އިންގިލާބެއް އަދިވެސް ނުގެނެވޭކަމަށް އެކްސްޕެޓޭޝަންސް މަތިކޮށްގެން ތިބި މީހުން ބުނެއެވެ.

ސެމްސަންގ އިން ވަނީ އެސް 3 ގެ 40 މިލިޔަން ފޯނު ވިއްކާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355