އާދަމް އިސްމާއިލް ލީގުގެ މި ހަފްތާގެ މެޗްތައް ކާމިޔާބު ކުރީ ޒިގްޒެގާއި ކޮރަލްސް ޔުނައިޓެޑް އެވެ.
މިގޮތުން ހުކުރު ދުވަހު ކުޅުނު މެޗް ޒިގެޒެގުން ކާމިޔާބު ކޮށްފައިވަނީ ހިރަފުހާއި ބައްދަލުކޮށް 3 ލަނޑު 2 ލަނޑުންނެވެ. މި މެޗްގައި ޒިގްޒެގްގެ ހަސަން މުހައްމަދު 2 ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާ އެވެ. އެޓިމުގެ އަނެއް ލަނޑު ޖަހާދީފައިވަނީ އަލީ އާދަމެވެ. މި މެޗްގައި ހިރަފުހުގެ ލަނޑުތައް ޖަހާދީފައިވަނީ އަސްލަމް މުހައްމަދާއި ހަސަން އަލީއެވެ.
ހުކުރު ދުވަހުގެ ހަވީރު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗަކީ ގިނަ އަދަދެއްގެ ކާޑު ދައްކާފައިވާ މެޗެކެވެ. މިގޮތުން ހިރަފުސްގެ އާދަމް އިލްހާމަށް ރަތް ކާޑު ދައްކާފައިވާ އިރު އެޓީމުގެ ފަރުހަތު މުހައްމަދަށާއި އަސްޖައު މޫސާ އަދި އަލީ ޝިޔާމަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މީގެ އިތުރުން ޒިގްޒެގް ގެ އަހުމަދު އާދަމަށާއި މުހައްމަދު އަލީ އަށާއި މުހައްމަދު ޒަކަރިއްޔާ އަށާއި،އަބޫބަކުރު އާދަމް ގެ އިތުރުން އީމާން އަހުމަދަށް ވެސް އިއްޔެގެ މެޗްގައި ވަނީ ރީނދޫ ކާޑު ދައްކާފައެވެ.
މިހަފްތާ ބަންދުގެ ހޮނިހިރު ދުވަހު ކުޅުނު މެޗް ކޮރަލްސް ޔުނައިޓެޑުން ކާމިޔާބު ކޮށްފާވަނީ ޒެޑް ވައި އެލް އާއި ބައްދަލުކޮށް 4 ލަނޑު 0 ލަނޑުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މޫސާ ނައީމް ވަނީ ޒިގެޒެގް ޓީމަށް 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން މުހައްމަދު އިސްމާއީލާއި އަބްދުއްރަޝީދު އާދަމް ވެސް ވަނީ އިއްޔެ ލަނޑެއް ޖަހާދީފައެވެ. އިއްޔެގެ މެޗްގައި ޒެޑްވައިއެލްގެ ސައިފުއްﷲ ހަސަން އަށް ރީނދޫ ކާޑު ދައްކާފައިވާއިރު މާޖިދު އަހުމަދު އަށް ވަނީ ރަތްކާޑުވެސް ދައްކާފައެވެ.