twitterviber whatsapp telegramfacebookyoutube instagram
25th May 2026

އާދަމް އިސްމާއިލް ލީގުގެ މި ހަފްތާގެ މެޗްތައް ކާމިޔާބުކުރީ ޓީމް ކޮރަލްސް އާއި ހިރަފުސް

May 12, 2013

އާދަމް އިސްމާއިލް ލީގުގެ މި ހަފްތާގެ މެޗްތައް ކާމިޔާބުކުރީ ޓީމް ކޮރަލްސް އާއި ހިރަފުސް އެވެ.

މިގޮތުން މި ހަފްތާގެ ހުކުރު ދުވަހު ކުޅުނު މެޗް ޓީމް ކޮރަލްސް އިން ކާމިޔާބުކުރީ ޑްރިބަލް އާއި ބައްދަލުކޮށް 3 ލަނޑު 1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗްގައި ކޮރަލްސްގެ ލަނޑުތައް ޖަހާދީފައިވަނީ އަހުމަދު ދާއޫދާއި މުހައްމަދު އަލީގެ އިތުރުން އަބްދުﷲ އަބޫބަކުރެވެ.  އަދި ޑްރިބަލްގެ ހަމައެކަނި ލަނޑު ޖަހާދީފައިވަނީ އަހުމަދު ނަދީމެވެ. މި މެޗްގައި ޓީމް ކޮރަލްސްގެ ފަތުހުﷲ އާދަމަށާއި މުހައްމަދު އަހުމަދަށް ވަނީ ރީނދޫ ކާޑުވެސް ދަށްކާފައެވެ. ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑްރިބަލްގެ އިބްރާޙިމް އަޒްލީން އެވެ.

މި ހަފްތާގެ ހޮނިހިރު ދުވަހުގެ މެޗް ހިރަފުހުން ކާމިޔާބު ކުރީ 4 ލަނޑު 2 ލަނޑުން ޒިގްޒެގާއި ބައްދަލުކޮށެވެ. މި މެޗްގައި ޒިގްޒެގްގެ ލަނޑުތައް ޖަހާދިނީ އަލީ އާދަމާއި ހަސަން މުހައްމަދެވެ. އަދި ހިރަފުހުގެ ލަނޑުތައް ޖަހާދީފައިވަނީ އަބްދުލް ލަތީފް ޔަހުޔާ އާއި، އަހުމަދު މުހައްމަދާއި، އަޝްރަފް މުހައްމަދުގެ އިތުރުން އިހްސާން އަބޫބަކުރެވެ. މި މެޗްގައި އިހްސާން އަށާއި އެޓީމްގެ ފަރުހަތު މުހައްމަދަށް އަދި ޒިގްޒެގްގެ މުހައްމަދު އަލީއަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މިއަދު ހިރަފުސް ދަނޑުގައި ކުޅުނު މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަސްލަމް މުހައްމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355