twitterviber whatsapp telegramfacebookyoutube instagram
24th March 2026

ސްކޫލް ސްޓާފްސް ފުޓްސަލް ލީގު މިމަހު 29 ގައި ފަށަނީ

May 26, 2013

ކުޅުދުއްފުށީ ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ބާއްވަމުންގެންދާ “ސްކޫލް ސްޓާފްސް ފުޓުސަލް ލީގް” މިމަހު 29 ގައި ފެށޭނެ ކަމަށް އެ މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.

މި ލީގާ ގުޅޭގޮތުން މިނޫހަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދު ވިދާޅުވީ މި ލީގުގައި ޓީމުތައް ނަގާފައިވާނީ ސްކޫލުތަކުގެ މުވައްޒަފުން މިކްސް ކޮށް ފެންވަރުގެ ގޮތުން އަޅާ ކިޔުމަށްފަހު ކަމަށެވެ.

ޖުމްލަ 4 ޓީމު ބައިވެރިވާ މި ލީގުގައި ވާދަ ކުރާނީ “ޔަޤީން” ޓީމާއި، “ކޯލިޝަން” ޓީމާއި، “އެއްލަކިން” ޓީމުގެ އިތުރުން “ގައިމު” ޓީމެވެ.

ޖަލާލުއްދީން ސްކޫލުގައި ކުރިއަށްދާ މި ލީގު އޮންނާނީ ކޮންމެ ރެއެއްގެ 8:30 އިން 10:30 އަށެވެ. ކޮންމެ ރެއަކުވެސް 2 މެޗް ކުޅެވޭނެއެވެ.

މީގެ 5 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި ކުޅުދުއްފުށީގެ ސްކޫލުތަކުގެ 32 މުވައްޒަފުން ބައިވެރިވެ އެވެ. މި ފުޓުސަލް ލީގު ޖޫން 3 ގެ ނިޔަލަށްއ ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355