twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ކުޅުދުއްފުށީގައި ޖޫން މަހު ބާއްވާ އިންޓަރ އެޓޯލް އެތުލެޓިކްސް މީޓުގައި 13 ސްކޫލަކުން ބައިވެރިވެއްޖެ

May 24, 2013

ކުޅުދުއްފުށީގައި މިފެށޭ ޖޫން މަހު 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ އެޓޯލް އިންޓަރ ސްކޫލު އެތުލެޓިކްސް މީޓުގައި 13 ސްކޫލަކުން 53 ޓީމު ބައިވެރިވާނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.

އެ އެސޯސިއޭޝަނުން އާއްމު ކުރި ލިސްޓުގައިވާ ގޮތުން މިމުބާރާތުގައި ބައިވެރިވާ ސްކޫލް ތަކަކީ ހދ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލާއި، ހދ އަތޮޅު ތައުލީމީ މަރުކަޒާއި، ހދ ކުރިނބީ ސްކޫލާއި، ނޮޅިވަރަމް ސްކޫލާއި، ނޮޅިވަރަންފަރު ސްކޫލާއި އަދި ހދ އަތޮޅު މަދަރުސާއެވެ. މީގެ އިތުރުން މާލޭ ސިޓީން 5 ސްކޫލެއް ބައިވެރި ވެފައިވެއެވެ. އެއީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލާއި، ކަލާފާނު ސްކޫލު އަދި ތާޖުއްދީން ސްކޫލްގެ އިތުރުން އިސްކަންދަރު ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. އައްޑޫ ސިޓީ ބައިވެރިވެފައިވަނީ ހަމައެނި ޝަރަފުއްދީން ސްކޫލެވެ.

4 އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށްދަނީ 2 ޖިންސް ގެ ދަރިވަރުން ވަކިންނެވެ. މިމުބާރާތުގައި ކުރިޔަށްދާ އުމުރު ފުރާ ތަކަކީ 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށެވެ.

މިމުބާރާތް ވީހާވެސް ކުލަގަދަ ކޮށް ގެންދިއުމަށްޓަކައި ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީ ޕޮލިހާއި އެމްއެންޑީއެފްގެ އިތުރުން ސްކޫލުތައް އަދި ކުޅުދުއްފުށީގެ އާންމު ރައްޔިތުން ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355