twitterviber whatsapp telegramfacebookyoutube instagram
5th December 2025

ހުރި ބައެއް ދަތިތަކާއެކުވެސް އެތްލެޓިކްސް މީޓަށް ފޯރިއާއެކު ތައްޔާރުވަމުން އަންނަކަމަށް ހދ ގެ ސްކޫލުތަކުން ބުނެފި

May 31, 2013

ކުޅުދުއްފުށީގައި ޖޫން މަހުގެ 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ އެޓޯލް އިންޓަރ ސްކޫލު އެތުލެޓިކްސް މީޓަށް، ހުރި ދަތިތަކާއެކުވެސް ތައްޔާރުވަމުން އަންނަ ހދ އަތޮޅުގެ ބައެއް ސްކޫލުތަކުން ބުނެފި އެވެ.

މިގޮތުން ހދ ކުޅުދުއްފުށި ފިޔަވާ ހދ އަތޮޅުން މި މުބާރާތުގައި ބައިވެރިވާ 4 ސްކޫލު ކަމަށްވާ ކުރިނބީ ސްކޫލާއި، ހދ އަތޮޅު މަދަރުސާ، ނޮޅިވަރަމް، ނޮޅިވަރަންފަރު ސްކޫލުން މި މީޓަށް ވަމުން ގެންދާ ތައްޔާރީ ތަކާއި، ދިމާވާ ދަތިތައް މިނޫހަށް ވަނީ ހިއްސާ ކޮށްފައެވެ.

އެގޮތުން އާއްމުކޮށް ފަރިތަކުރުންތައް ކުރިއަށްގެންދާނެ ކަމަށް ޚާއްސަ ޓްރެކެއް ނެތްކަން ހުރިހާ ސްކޫލަކުން ވެސް ފާހަގަކުރިއެވެ. އަދި ހައިޖަމްޕް ބެޑާއި ބެޓިންގެ އިތުރުން ޑިސްކަސް ފަދަ އާލާތްތައް ނެތުމުގެ ދަތިތަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށް ސްކޫލުތަކުން ބުނެއެވެ.

މީޓަށް ތައްޔާރުވުމުގައި ދަތިތަކެއް ކުރިމަތިވީނަމަވެސް ފަރިތަކުރުންތައް ވަރަށް ފޯރިއާއި އެކު ހުރިހާ ސްކޫލެއްގައިވެސް ކުރިއަށްދާކަމަށް ސްކޫލުތަކުން ބުންޏެވެ.

މިމުބާރާތުގައި ކުރިނބީ ސްކޫލުން 4 އުމުރުފުރާއަކުން 36 ދަރިވަރުން ބައިވެރިވާއިރު ހދ އަތޮޅު މަދަރުސާއިން ހުރިހާ އުމުރުފުރާއެއް ހިމަނައިގެން ޖުމްލަ 27 ދަރިވަރުން ބައިވެރިވެއެވެ. އަދި ނޮޅިވަރަންފަރު ސްކޫލާއި ނޮޅިވަރަމް ސްކޫލުން ކޮންމެ ސްކޫލަކުންވެސް ބައިވެރިވެފައިވަނީ 4 އުމުރުފުރާއިން 35 ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355