twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެތުލެޓިކްސް މީޓުގެ ފުރަތަމަ ދުވަހު ދެ އުމުރު ފުރާއެއްގެ އެއްވަނައިގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒު

Jun 10, 2013

މިއަދު ކުޅުދުއްފުށީގައި ފެށުނު 18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ދެ އުމުރު ފުރާއަކުން އަންހެން އަދި ފިރިހެން ކުދިންގެ ބައިން ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ކުރި ހޯދައިފި އެވެ.

މިއަދުގެ ދެދަންފަޅީގެ އިވެންޓްތައް ނިމުނުއިރު އެސްކޫލަށް ވަނީ 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 15 ޕޮއިންޓާއެކު އެއްވަނަ ލިބިފައެވެ. މިއުމުރު ފުރާގެ އަންހެން ކުދިންގެ ބައިން އެސްކޫލަށް އެއްވަނަ ލިބެނީ 11 ޕޮއިންޓާއެކު އެވެ. މީގެ އިތުރުން 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 9 ޕޮއިންޓާއެކު އެސްކޫލަށް މިއަދުގެ އެއްވަނަ ވަނީ ލިބިގައެވެ. އަދި 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 9 ޕޮއިންޓާއެކު އެސްކޫލު ވަނީ ތާވަލްގެ އެއްވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ނޮޅިވަރަމްފަރު ސްކޫލުވެސް ވަނީ އެއުމުރު ފުރައިގެ ތާވަލްގެ އެއްވަނައިގައެވެ.

މީގެ އިތުރުން 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިންނާއި އަންހެން ކުދިންގެ ބައިން ތާވަލްގެ އެއްވަނައިގައި އޮތީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޝަރަފުއްދީން ސްކޫލު ތާވަލްގެ އެއްވަނައިގައި އޮތް އިރު، އެއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން އެއްވަނައިގައި އޮތީ ހިރިޔާ ސްކޫލެވެ.

ޖުމްލަ 312 އެތުލީޓުން ވާދަކުރާ މުބާރާތުގައި މިއަދު ހެނދުނުގެ ދަންފަޅީގައި 13 އިވެންޓް ކުރިޔަށް ދިޔައިރު މެންދުރު ފަހު ދަންފަޅީގައި 7 އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ބައެއް އިވެންޓުތަކުގެ ދަރިވަރުންނަށް މެޑަލްވެސް މިއަދު ހަވީރު ވަނީ ދީފައެވެ.

މިގޮތުން 11 އަހަރުންދަށުގެ ފިރިހެން ކުދިންގެ ސޮފްޓްބޯލް ތްރޯވް އިން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްމާޢީލް ރަޒާން އެވެ. މިއުރުފުރާގެ އަންހެން ކުދިންގެ ސޮފްޓްބޯލް ތްރޯވް އިން 1 ވަނަ ހޯދީ ކުރިނބީ ސްކޫލްގެ ޢާއިޝަތު ސުހާއެވެ. 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 800 މީޓަރު ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަސްއަދު އަޙްމަދު އެވެ. މިއުރުފުރާގެ އަންހެން ކުދިން 800 މީޓަރު ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ޝާނިޔާ އަޙްމަދު އެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 800 މީޓަރު ދުވުމުން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލް މުޙައްމަދު ޢަލްފާފް އެވެ.

ތޭރަ އަހަރުން ދަށުގެ ފިރިހެން ކުދިން ހާރޑްބޯލް ތްރޯވ އިން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު އާލިފް އިސްމާޢީލް އެވެ. 11 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ 80މީޓަރު ރިލޭއިން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

މެންދުރު ފަހު ދަންފަޅީގައި މުބާރާތުގެ 7 އިވެންޓެއް ކުރިޔަށް ދިޔައެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 100 މީޓަރު ދުވުމުން 1 ވަނަ އަށް ހޯދީ ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ޙުސައިން ލަޔާން އެވެ. މިއުމުފުރާގެ އަންހެން ކުދިންގެ 100 މީޓަރު ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަރްޔަމް ޢަލީ އެވެ. 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ހާޑްބޯލް ތްރޯވ އިން 1 ވަނަ ހޯދީ ނޮޅިވަރަމް ސްކޫލްގެ ޢާއިޝަތު ރިމާޝާ ޢަލީ އެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ 100 މީޓަރޔ ދުވުމުން 1 ވަނަ ހޯދީ ކަލާފާން ސްކޫލް  ޙުސައިން ނަވާފް ރައުފް އެވެ. މި ޢުމުރުފުރާގެ އަންހެން ކުދިންގެ 100 މީޓަރު ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ނަޝާ ނިޒާރުއެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 100 މީޓަރު ދުވުމުން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ ޙުސައިން ޝަހުދާން ފަހުމީ އެވެ. އަދި މިޢުމުރުފުރާގެ އަންހެން ކުދިންގެ 100 މީޓަރު ދުވުމުން 1 ވަނަ ހޯދީ ހިރިޔާ ސްކޫލް ގެ ޢާއިޝަތު ސަރާ އެވެ.

އެތުލެޓިކްސް މީޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ފޮޓޯ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355