twitterviber whatsapp telegramfacebookyoutube instagram
5th December 2025

ޒިގުޒެގް ރަމަޟާން ކަޕް ފަށައިފި

Jul 27, 2013

ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭންޖުން އިންތިޒާމު ކޮށްގެން ބާއްވާ ޒިގުޒެގް ރަމަޟާން ކަޕް ފަށައިފި އެވެ.

ޒިގްޒެގުން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ މިމުބާރާތުގައި މިފަހަރު 8 ޓީމެއް ބައިވެރިވެފައި ވެއެވެ. އެއީ ކުއެސްޓްރާ، ޓެންގޯ،އެޒްޓެކާ، ޓުރިކޮލަރ، ފެވަނޯވާ، ރޮޓެއިރޯ އަދި ޓެރެސްޓްރާ އާއި ޓިއެންޓޯ އެވެ.

ޒިގުޒެގުން ބުނީ މިމުބަރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އެޖަމިއްޔާގެ މެމްބަރުންނަން އެކަނި ކަމަށެވެ. އަދި ޖަމިއްޔާއަށް ވަނުމަށް ޝައުގުވެރިވާ ކޮންމެ ޒުވާނަކަށް އެފުރަޞަތު އޮތް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ސޭމް އަދި ޒެޑްއެލް އެލްމިނިއަމް އިން ސްޕޮންސަކޮށްގެން ކުޅޭ މި މުބާރާތުގައި ކޮންމެ ދުވަހަކު 2 މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. ޒިގުޒެގް ބޯޅަ ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ޗެމްޕިއަން ޓީމަށް ޓްރޮފީއެއް ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355