twitterviber whatsapp telegramfacebookyoutube instagram
1st July 2025

ޒިގްޒެގް ރަމަޟާން ކަޕްގެ ޗެމްޕިއަންކަން ކުއެސްޓްރާ ހޯދައިފި

Aug 5, 2013

މުޙައްމަދު އިބްރާހިމް

ރަމަޟާން މަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ޒިގްޒެގް ފޮރ ޔޫތު ލިންކޭޖުން ބޭއްވި ޒިގްޒެގް ރަމަޟާން ކަޕްގެ ޗެމްޕިއަންކަން ކުއެސްޓްރާ ހޯދައިފި އެވެ.

މިއަދު ހަވީރު ޒިގްޒެގް ދަނޑުގައި ކުޅުނު މެޗުގައި ކުއެސްޓްރާ މޮޅުވީ 5 ލަނޑު 2 ލަނޑުގެ ތަފާތުން ޓުރެސްޓްރާއާ ބައްދަލު ކޮށެވެ. ރީތި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ހާފް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އެހެންނަމަވެސް ދެވަނަ ހާފް ގައި ކުއެސްޓްރާގެ ކުޅުން ރަނގަޅު ކޮށް އިދިކޮޅު ގޯލު ފޫއަޅުވާލާ އިތުރު 3 ލަނޑު ޖަހައިގެން ކުރި ހޯދާ މުބާރާތުގެ ޗެމްޕިއަން ކަން ހޯދާފައެވެ. މިމެޗުގައި ކުއެސްޓްރާގެ އީމަން އަހުމަދަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މިމުބާރާތުގައި 12 ލަނޑު ޖަހައިގެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓެންގޯގެ އަލީ މުހައްމަދެވެ. އަދި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަކީ ޓެރެސްޓްރާގެ އަބޫބަކުރު މުހައްމަދާއި  އެޓީމުގެ އަރަފާތު އަލީ އާއި ކުއެސްޓުރާގެ އަލީ އިރުފާނާއި ހަމަ އެޓީމުގެ އަހުމަދު މުހައްމަދު އަދި ޓެންގޯގެ އަލީ މުހައްމަދެވެ.

ޒިގުޒެގު ފޯ ޔޫތު ލިންކޭޖް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މިމުބާރާތް ސްޕޮންސަ ކޮށްފައިވަނީ ސޭމް އަދި ޒެޑްއެލްމިނިއަމް އެވެ. މިމުބާރާތުގައި ވާދަކުރީ އެޖަމިއްޔާއަށް ނިސްބަތްވާ ކުޅުންތެރިން 8 ޓީމަކަށް ބަހާލައިގެން ނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355