twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުއަންޓަމް ފީފާ ކިންގަކަށް އައްސަދު ގާސިމް ހޮވިއްޖެ

Aug 9, 2013

ކުޅުދުއްފުށީ ކުއަންޓަމް ފިހާރައިން އިންތިޒާމު ކޮށްގެން  ބޭއްވި ފީފާ 2013 ގޭމިން މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ބަނޑިދޫގެ އައްސަދު ގާސިމް ހޯދައިފި އެވެ.

ކުޅުދުއްފުށީގައި ކޮމްޕިއުޓަރާއި ލެޕްޓޮޕް އަދި އެލެކްޓްރޯނިކް ސާމާނު ވިއްކާ އަދި މަރާމާތުކޮށްދޭ ކުއަންޓަމް އިން ބޭއްވި “ކުއަންޓަމް ފީފާ ކިންގް – ކުޅުދުއްފުށި 2013″ ގެ ޗެމްޕިއަންކަން ހޯދާ ފީފާ ކިންގް ކަން އައްސަދު ހޯދާފައިވަނީ މިރޭ ޒޯނުސްޓޭޑިއަމް ގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗުގައި ކުޅުދުއްފުށީ އަންދާޒު ސިރާޖު މުހައްމަދާ ވާދަކޮށް ކުރިހޯދައިގެންނެވެ. ރެއަލް މެޑްރިޑް ނަގައިގެން ކުޅުނު ސިރާޖާ ވާދަކޮށް ބާސަލޯނާ ނަގައިގެން ކުޅުނު އައްސަދު މޮޅުވެފައިވަނީ  ހަނިމޮޅަކުންނެވެ. އެއީ މެޗުގެ ފުރިހަމަ މިނެޓް ހަމަވިއިރު ދެމީހުން 1-1 އިން އެއްވަރުވުމުން އިތުރު މިނެޓްގެ ފަހު މިނެޓްގައި އައްސަދު ޖެހި ގޯލަކުން 2-3  އިން ކުރި ހޯދައިގެންނެވެ.

57ކުޅުންތެރިން ބައިވެރިވި މިގޭމް މުބާރާތުގެ ސެމީ ފައިނަލިސްޓުންނަކީ ބަނޑިދޫގެ އަހުމަދު ޤާސިމާއި ނަލަހިޔާގެ ސުހައިލް އަހުމަދެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރު ކުރި 8 ކުޅުންތެރިން މިއަންނަ އަހަރު އޮންނަ މިމުބާރާތު ގައި ސީޑު ކުރެވޭނެކަމަށާއި އެކުޅުންތެރިން އޮޓަމެޓިކުން ބައްދަލު ކުރާނީ ރައުންޑު އޮފް 16 ގައި ކަމަށް  ކުއަންޓަމް އިން މިރޭ ވަނީ އިއުލާން ކޮށްފައެވެ. އަދި މިއަންނަ އަހަރު މިމުބާރާތުގެ އިތުރުން ރޭސިން މުބާރާތެއް ބާއްވަން ވިސްނަމުން ދާކަމަށް  މިމުބާރާތް ނިމުމަށް ބޭއްވި ހަފްލާ ގައި ވަނީ އިއުލާން ކޮށްފަ އެވެ.

މިރޭ މިމުބާރާތް ނިންމާ ހާއްސަ ވަނަތަކަށް ދިޔަ ކުޅުންތެރިންނަން އިނާމް ދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒެވެ. އަދި ކައުންސިލަރު ޖަމްޝީދު މުޙައްމަދު ވެސް ވަނީ ބައިވެރިންނަން ސެޓްފިކެޓް ބައްސަވާ ދެއްވާފަ އެވެ.

[yass cats=29]

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355