twitterviber whatsapp telegramfacebookyoutube instagram
2nd September 2025

ކޯޓު އަމުރާއެކު ފުލުހުން ހދ އަތޮޅުގެ ބަލަހައްޓަން ފަށައިފި

Aug 15, 2013

ހދ އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރާ ގުޅިގެން ފުލުހުން “އަތޮޅުގެ” ބަލަހައްޓަން ފަށައިފި އެވެ.

އިއްޔެ ކުޅުދުއްފުށީ ކޯޓުން ކުރި މިއަމުރުގައި ވަނީ ހދ އަތޮޅުގޭގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އަތޮޅުގޭގެ ތަޅުދަނޑި ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށާއި އެތަން ހުޅުވައި ބަންދުކުރުމުގެ ކަންތައްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ. އަދި އަތޮޅުގޭގައި ހުރި އެއްޗެހި އެއްވެސް ފަރާތަކުން އެއިމާރާތުން ބޭރަށް ނުގެންދިޔުމަށް ވެސް ކުޅުދުއްފުށީ ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކުޅުދުއްފުށީގައި މެރިޓައިމް އެކަޑަމީއެއް ހިންގުމަށް ރައީސް ނަޝީދުގެ ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓްރީ އާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާ ދެމެދު ވެވުނު އެއްބަސްވުން އެ މިނިސްޓްރީން އުވާލާފައިވަނީ މިއަހަރުގެ މާރޗު މަހު 27 ވަނަ ދުވަހު އެވެ.

މިނިސްޓްރީން އެއްބަސްވުން ބާތިލު ކުރުމަށްފަހު މެރިޓައިމް އެކަޑަމީއަށް ވަނީ އެފަރާތުގެ ހުރި ހުރިހާ މުދަލެއް އެތަނުން ހުސްކުރުމަށް ފަހު، އެއިމާރާތް ހދ އަތޮޅު ކައުންސިލާ ހަވާލު ކުރުމަށް އަންގާފައެވެ. އެހެންނަމަވެސް އެ އެންގުމަށް މެރިޓައިމް އެކަޑަމީން އަމަލު ކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355