ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ލިސްޓް އިއްޔެ ގެޒެޓް ކޮށްފައި ވާއިރު ލިސްޓަށް ޝަކުވާ ހުށައެޅުން އަންނަ ހޮނިހިރު ދުވަހު ހަމަވާނެ ކަމަށް އިލެކްޝަން ފޯކަލް ޕޮއިންޓުން ހާމަކޮށްފި އެވެ.
ކުޅުދުއްފުށީގައި ހުންނަ އިލެކްޝަން ފޯކަލް ޕޮއިންޓުގެ އޮފިޝަލް އަލީ އިބްރާހިމް ވިދާޅުވީ ޝަކުވާ ހުށައެޅޭނެ އެންމެ ފަހު ވަގުތަކީ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު ކަމަށާއި ޝަކުވާ ހުށައެޅުން އޮންނާނީ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ރަށު ކައުންސިލް އިދާރާގަ ކަމަށެވެ.
ލިސްޓުން ނަން އުނި ވެފައިވާ ނަމަ ނުވަތަ ނަމުގައި ނޫނީ އައިޑީ ކާޑު ނަމްބަރުގައި ވިއަސް އެއްވެސް މައްސަލައެއް ވާނަމަ، އެންމެ ފަހު ވަގުތަށް މަޑުނުކުރައްވާ ވީ އެންމެ އަވަހަކަށް އެމައްސަލައެއް ހުށައެޅުމަށް ފޯކަލް ޕޮއިންޓުން އިލްތިމާސް ކުރައްވަ އެވެ.
ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި އެއްވެސް މައްސަލައެއް ވޭތޯ ރަށު ކައުންސިލްގެ އިދާރާއިން ނުވަތަ VIS ޖައްސަވާ އައިޑީ ކާޑު ނަންބަރު ޖެއްސެވުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ވެސް ޗެކު ކުރެވިދާނެ އެވެ.