twitterviber whatsapp telegramfacebookyoutube instagram
5th December 2025

އާޕޮއިންޓް ހިރަފުސް ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

Aug 18, 2013

އާ ޕޮއިންޓު 6 ވަނަ ހިރަފުސް ކަޕް ކުޅުދުއްފުށީގައި ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ފެށި މި މުބާރާތުގައި ހަތަރު ޓީމު ބައިވެރިވެފައި ވެއެވެ. ޖުމްލަ 80 ކުޅުންތެރިން ފެނިގެންދާ މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޓީމް ކޫލް، އެފްސީ ބްރަޒޫކާ އަދި ކުއްރަތުގެ އިތުރުން އެފްސީ ރިއަލް އެވެ.

ޕޮއިންޓުގެ ގޮތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ބައްދަކުރާ ގޮތަށް ކުޅޭ، މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހު 30 ވަނަ ދުވަހު ހަވީރު އެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ޓީމް ކޫލް އާއި އެފްސީ ރިއަލް އެވެ. 1-2 ލަނޑުގެ ތަފާތުން މެޗު ކާމިޔާބު ކުރީ އެފްސީ ރިއަލް އެވެ. މިމެޗުގައި އެފްސީ ރިއަލްގެ ލަނޑު ޖަހާ ދިނީ ޖޯޒީ ނަމްބަރު 10 މުހައްމަދު ޝާފިއު އާއި އެޓީމުގެ ޖޯޒީ ނަމްބަރު 13 މުހައްމަދު ހަސަނެވެ. މިމެޗުގައި ޓީމު ކޫލްގެ ހަމައެކަނި ލަނޑު ޖެހީ ޖޯޒީ ނަމްބަރު 22 އަހުމަދު މަހައްމަދެވެ. މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްސީ ރިއަލްގެ މުހައްމަދު ޝާފިއު އެވެ.

ހިރަފުސްގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލް ބުނީ “އާ ޕޮއިންޓް ހިރަފުސް ކަޕް” އަށް ސްޕޮންސަރ ދިން ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިމުބާރާތުގެ މެޗުތައް ކުޅުމުންދަނީ ހިރަފުސް ދަނޑު ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355