twitterviber whatsapp telegramfacebookyoutube instagram
24th April 2024

އާޕޮއިންޓް ހިރަފުސް ކަޕްގެ ޗެމްޕިއަންކަން ބުރަޒޫކާ ހޯދައިފި

Sep 1, 2013

އާޕޮއިންޓް ހިރަފުސް ކަޕް 6 ގެ ޗެމްޕިއަކަން ބްރަޒޫކާ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ހަވީރު ހިރަފުސް ދަނޑުގައި ކުޅެވުނު ފައިނަލުގައި ބްރަޒޫކާ އަދި ކުއްރަތު ބައްދަލުކުރި މެޗު ބްރަޒޫކާ ކާމިޔާބު ކުރީ 4 ލަނޑު 3 ން ނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ކުއްރަތު ޓީމުންނެވެ. ނަމަވެސް ފަހު ހާފުގައި ކުޅެން ނުކުމެ ބުރަޒޫކާއިން ވަނީ މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ.

މުބާރާތުގެ މަޤާމުތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް ޓްރޮފީއާއި މެޑަލް ޙަވާލުކޮށްދެއްވީ އާޕޮއިންޓް ހިރަފުސް ކަޕް 6 ގެ ޝަރަފްވެރި މެހެމާން އަދި މެއިން ސްޕޮންސަރ އާޕޮއިންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައުދެވެ.

މުބާރާތުގެ ފައިނަލްމެޗު ނިމުމުން މި މުބާރާތް ކުރިއަށް ގެންދިޔުމުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ހިރަފުސްގެ ފަރާތުން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ފިލާ ހަވާލުކުރުން އޮތެވެ. ފިލާ ހަވާލުކޮށްދެއްވީ ހިރަފުސް ފުޓްބޯޅަ ޓީމްގެ މެއިން ސްޕޮންސަރ “ސޭމް” ގެ މެނޭޖަރ ޢަބްދުއްސަލާމް އަބޫބަކުރެވެ.

މިމުބާރާތުގައި 4 ޓީމް ވާދަކޮށް ޖުމްލަ 13 މެޗު ކުޅެފައިވެއެވެ. މިމުބާރާތުގައި ވާދަކޮށްފައިވާ ޓީމުތަކަކީ އެފް.ސީ ރިއަލް، ޓީމް ކޫލް، ކުއްރަތު އަދި ބުރަޒޫކާއެވެ.

މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިފައިވަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުގައި ކަމަށް ހިރަފުސް ޓީމުން ފަހަގަކުރެއެވެ. އެގޮތުން މުބާރާތުގައި ވާދަކުރި ޓީމްތަކުގެ ހުރިހާ ކުޅުންތެރިންނާއި މުބާރާތަށް ސްޕޮންސަރ ދެއްވި ހުރިހާ ފަރާތްތަކެއްގެ އިތުރުން މެޗުގެ ރެފްރީންނާއި އޮފިޝަލުން އަދި ބޯލްބޯއީންނާއި އެހެނިހެން ފަރާތްތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ހިރަފުސްގެ ފަރާތުން ޝުކުރު ދަންނަވައެވެ.

އަންނަ އަހަރު ވެސް ހިރަފުސް ކަޕް ބާއްވާނެ ކަމަށް ހިރަފުސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މުބާރާތުގެ މަޤާމްތަކަށް ހޮވިފައިވާ ފަރާތްތަކަކީ:

1-      ފައިނަލް މެޗުގެ މޭން އޮފް ދަމެޗް: ބުރަޒޫކާގެ ޖޯޒީ ނަންބަރ 5 އަސްލަމް މުޙައްމަދު.

2-      މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ: ބުރަޒޫކާގެ ޖޯޒީ ނަންބަރ 21 އަސްޖައު މޫސާ (ޖުމްލަ 16 ގޯލް ޖަހާފައިވޭ)

3-      މުބާރާތުގެ 25 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ: ކުއްރަތުގެ ޖޯޒީ ނަންބަރ 9 ޙުސައިން ޢަބްދުއްލަތީފް.

4-      މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރ: ބުރަޒޫކާގެ ޖޯޒީ ނަންބަރ 20 ޢަބްދުލްހަކީމް އުމަރު.

5-      މުޅި މުބާރާތުގެ 3 ވަނަ ކުޅުންތެރިޔާ: ކުއްރަތުގެ ޖޯޒީ ނަންބަރ 5 އިބްރާހީމް ޙަސަން.

6-      މުޅި މުބާރާތުގެ 2 ވަނަ ކުޅުންތެރިޔާ: ބުރަޒޫކާގެ ޖޯޒީ ނަންބަރ 5 އަސްލަމް މުޙައްމަދު.

7-      މުޅި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ: ބުރަޒޫކާގެ ޖޯޒީ ނަންބަރ 21 އަސްޖައު މޫސާ.

8-      މުބާރާތުގެ ރަނަރއަޕް: ކުއްރަތު.

9-      މުބާރާތުގެ ޗެމްޕިއަން: ބުރަޒޫކާ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355