twitterviber whatsapp telegramfacebookyoutube instagram
15th July 2026

ހދ އޭއީސީގެ ފުޓްބޯޅަ މުބާރާތާއި ނެޓްބޯޅަ މުބާރާތް ފަށައިފި

Sep 2, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ފުޓްބޯޅަ މުބާރާތާއި ނެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.

އެސްކޫލްގެ ހަތަރު ހައުސް ގެ މެދުގައި ކުޅޭ މި ދެ މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދާއި އިރުމަތި އަވަށު ޕްރީސްކޫލުގެ ހިންގުމާ ހަވާލުވެހުރި ޝަމީމާ ހުސެއިނެވެ.

ހުރިހާ މެޗުތަކެއްވެސް ޒޯން ސްޓޭޑިއަމުގައި ކުޅޭ މި ދެ މުބާރާތުގައި ހަމަޖެހިފައިވަނީ ޖުމްލަ 6 މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ނެޓްބޯޅައިގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު ހަތަރު ވަނަ ދުވަހު ހަވީރު އެވެ. އަދި ފުޓްބޯޅައިގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަަސް ވަނަ ދުވަހުގެ ހަވީރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355