twitterviber whatsapp telegramfacebookyoutube instagram
14th October 2026

އޭއީސީގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕުލޫޓޯ ހައުސް ހޯދައިފި

Sep 5, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕުލޫޓޯ ހައުސް ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފައިނަލް މެޗް ޕުލޫޓޯ ހައުސްއިން ކާމިޔާބު ކޮށްފައިވަނީ މާރސް ހައުސްއާ ބައްދަލުކޮށް  16 ޕޮއިންޓު 8 ޕޮއިންޓުންނެވެ .

ފައިނަލް މެޗް ޝަރަފުވެރި ކޮށްދެއްވާ މުބާރާތުގެ އެންމެ ފާހަގަ ކޮށްލެވޭ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ޓުރޮފީ ހަވާލު ކޮށްދެއްވީ އިރުމަތި އަވަށު ޕުރީ ސްކޫލްގެ ސުޕަވައިޒަރ ޝަމީމާ ހުސައިން އެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕުލޫޓޯ ހައުސްގެ ސެންޓަރ އަޒްލީނާ ހަސަންއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ.

އެ ހަތް ކުޅުންތެރިންނަކީ އަޒްލީނާ ހަސަންގެ އިތުރުން ޕުލޫޓޯ ހައުސްގެ ވިންގް އެޓޭކަރ ސަމްހާ ހުސައިންއާއި ގޯލް ޝޫޓާރ އައމިނަތު އަޒީމާ އާދަމް އާއި ގޯލް ޑިފެންޑަރ މަރިޔަމް މައިޝާ އަހުމަދު އާއި މާރސް ހައުސް އިން ގޯލް ކީޕާރ އައިމިނަތު ހަސްނާ އަބޫބަކުރު އާއި ގޯލް ޝޫޓަރ ނަޖާހަތު މުހައްމަދުގެ އިތުރުން ވީނަސް ހައުސްގެ ގޯލް ކީޕާރ ރައުފާ މުހައްމަދެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ކޯޗުންނާއި އޮފިޝަލުން ހިމެނޭ ޓީމަކާއި ޓީޗަރުންގެ ޓިމަކާ ދެމެދު ހާއްސަ ނެޓުބޯޅަ މެޗެއް ކުޅެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293