twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޒިގްޒެގް އޮފީސް ފުޓުސަލް މުބާރާތުގައި 13 ޓީމަކުން ބައިވެރިވެއްޖެ

Oct 21, 2013

ކުޅުދުއްފުށީގައި ހުންނަ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޒިގްޒެގް އިންޓަރ އޮފީސް ފުޓުސަލް މުބާރާތުގައި 13 ޓީމަކުން ބައިވެރިވެއްޖެ އެވެ.

ކުޅުދުއްފުށީ ޒިގްޒެގް ފޮރ ޔޫތު ލިންކޭޖް ޖަމިއްޔާއިން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލާއި، އަތޮޅު ކައުންސިލާއި ކަސްޓަމްސް ގެ އިތުރުން ދިރާގާއި، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނާއި، ހޮސްޕިޓަލާއި އެސްޓީއޯ އާއި ކުޅުދުއްފުށީ ޕޯޓުސް ލިމިޓެޑާއި ޕޮލިސް، އެމްޑަބްލިއު.އެސް.ސީ އާއި، އެމްއާރުޑީސީގެ އިތުރުން އެމްއެންޑީއެފް އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ޒިގްޒެގް ޖަމިއްޔާގެ ޗެއަރމަން އަހުމަދު އަބްދުﷲ ވިދާޅުވީ މިހާރު މުބާރާތުގެ ސްޕޮންސާއިންގެ ބެނާތަކާއި ބޯޑުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މުބާރާތަށް މާލެއިން ރެފްރީން ގެނައުމަށް މަަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ކަންތައް ވަކިގޮތަކަށް ނުނިމެނީސް ރެފްރީން ހަމަނުޖެހޭ ކަމަށާއި އެކަންތައް ހަމަޖެހުނުހާ އަވަހަށް މުބާރާތުގެ ގުރުއަތުލުން ކުރިއަށްދާނެ ކަމަށެވެ. އަދި މިއަހަރުވެސް މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ޒޯން ސްޓޭޑިއަމްގައި ކަމަށާއި މުބާރާތް ފެށުމަށް ކަނޑައެޅިފައިވާ ތާރީޚުގައި ފެށުމަށް މަސައްކަތް ކުރައްވާކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 3 ނޮވެމްބަރުގަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 11 ޓީމަކުންނެވެ. މިދިޔަ އަހަރު ބޭއްވުނު ޒިގްޒެގް އިންޓަރ އޮފީސް ފުޓުސަލް މުބާރާތް ކާމިޔާބުކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިސް ޓީމެވެ. އަދި ރަނަރއަޕް ޓީމަކަށް ހޮވިފައިވަނީ އެމްއެންޑީއެފްގެ ޓީމެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355