twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭވަނީ ފޯރިގަދަ މެޗްތަކެއް ކުޅެވިފަ

Oct 23, 2013

ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖްގެ ފޯރިގަދަ މެޗުތަކެއް ރޭވަނީ ކުޅެފަ އެވެ.

މިގޮތުން “ގުރޫޕް އެޗް” ގައި، މީގެ ކުރިން މި މުބާރާތް 4 ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ބާސެލޯނާ އާއި މި މުބާރާތް 3 ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީގެ އޭސީ މިލާން ބައްދަލު ކުރި މެޗު ނިމިގެން ގޮސްފައިވަނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ. އޭސީ މިލާން އެމީހުންގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗުފެށިގެން 9 ވަނަ މިނެޓްގައި ބްރެޒިލްގެ ތަރި ރޮބީނިއޯ އޭސީމިލާނަށް ލީޑު ހޯދައިދިންނަމަވެސް، މެޗުގެ 23 ވަނަ މިނެޓްގައި ދުނިޔޭގެ މޮޅުކުޅުންތެރިޔާ، މެސީގެ ގޯލަކުން ބާސެލޯނާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނެވެ. މިވަގުތު މި ގުރޫޕްގެ އެއްވަނާގައި 7 ޕޮއިންޓާއި އެކު ބާސެލޯނާ އޮތްް އިރު 5 ޕޮއިންޓާއެކު 2 ވަނާގައި އޮތީ އޭސީމިލާން އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ “ގުރޫޕް އެފް” ގައި އެންމެ ފަހުގެ ރަނަރއަޕް ޖަރުމަނުގެ ބޮރުޝިއަރ ޑޯޓްމޮންޑް ވަނީ ރަށުންބޭރުގައި އިންގްލެންޑްގެ އާސެނަލް 2-1 ލަނޑުން ބަލިކޮށް ގުރޫޕްގެ 1 ވަނަ އަށް ޖެހިލާފައެވެ. މި މެޗުގެ 16 ވަނަ މިނެޓްގައި ބޮރުޝިއަރ ޑޯޓްމޮންޑް އަށް ލީޑު ހޯދައިދިނީ އަރްމީނިއާގެ ޒުވާން މިޑްފިލްޑަރ ހެންރިކް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން 5 މިނެޓް އަށް ވެފައި ވަނިކޮށް އާސެނަލްއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ ފްރާންސްގެ ސްޓްރައިކަރ އޮލިވަރ ގިރޯޑްއެވެ. ބޮރުޝިއަރ ޑޯޓްމޮންޑް ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ 82 ވަނަމިނެޓްގައި ޕޮލަންޑްގެ ސްޓްރައިކަރ ރޮބާރޓް ލޯރަންސްކީ އެވެ. މިގުރޫޕްގެ 2 ވަނައިގައި 6 ޕޮއިންޓާއެކު އާސެނަލް އޮތީ 1 ވަނާގައި އޮތް ޑޮޓްމަންޑާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ތަފާތުންނެވެ.

ރޭ ކުޅެވުނު މެޗުތަކުގެ ތެރެއިން ދެން އެންމެ ފާހަގަ ކޮށްލެވުނީ “ގުރޫޕް އީ” ގައި ޖަރުމަނުގެ ޝަލްކެ އަދި އިނގިރޭސި ވިލާތުގެ ޗެލްސީ ބައްދަލުކުރި މެޗެވެ. ޝަލްކެގެ ދަނޑުގައި ކުޅެވުނު މިމެޗު ޗެލްސީ ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުން ޗެލްސީ މޮޅުވީ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭސް އަދި ބްރެޒިލްގެ އީޑެން ހަޒާޑްގެ ލަނޑުތަކުންނެވެ.  ޗެލްސީގެ ފުރަތަމަ ލަނޑު މެޗުފެށިގެން 5 ވަނަމިނެޓްގައި ޓޮރޭޒް ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު 69 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީވެސް ޓޮރޭޒްއެވެ. އަދި 87 ވަނަ މިނެޓްގައި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހަޒާޑްއެވެ. މި ގުރޫޕްގައި މި ދެޓީމަށްވެސް ޖުމްލަ 6 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން ގުރޫޕްގެ 1 ވަނަ ލިބެނީ ޗެލްސީއަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭވެސް ފޯރިގަދަ މެޗްތަކެއް ކުޅެވޭނެ އެވެ.

[yass cats=48]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355