twitterviber whatsapp telegramfacebookyoutube instagram
24th March 2026

ސްކޫލުތަކުގެ ބެލެނިވެރިންގެ ނެޓްބޯޅަ މުބާރާތް ފަށައިފި

Oct 26, 2013

ކުޅުދުއްފުށީ ސްކޫލުތަކުގެ ބެލެނިވެރިންނަން އަމާޒު ކޮށްގެން ބާއްވާ ނެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.

ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމު ކޮށްގެން ބާއްވާ މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ އިރުމަތި އަވަށު ޕްރީ ސްކޫލާއި އަމީރު އަމީނު ސްކޫލް އަދި ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ނެޓްބޯޅަ ކޯޓުގައި ކުރިއަށްދާ މިމުބާރާތް ފެށުމުގެ ގޮތުން އިއްޔެ ބައްދަލު ކުރީ އަތޮޅު ތައުލީމީ މަރުކަޒާއި އިރުމަތި އަވަށު ޕްރީ ސްކޫލެވެ.

މި މެޗު 14 ޕޮއިންޓު 30 ޕޮއިންޓުން ކާމިޔާބު ކުރީ އިރުމަތީ އަވަށު ޕްރީ ސްކޫލެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވުނީ އިރުމަތީ އަވަށު ޕްރީ ސްކޫލުގެ ސެންޓަރ ޝާހިދާ މޫސާ އެވެ.

މިމުބާރާތް ޝަރަފްވެރި ކޮށްދެއްވީ އަފީފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަމްސީރާ ޒަކަރިއްޔާ އެވެ. މިމުބާރާތު މެޗެއް މިއަދު ވެސް ވަނީ ކުޅެން ހަމަޖެހިފައެވެ.

މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހު އެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަމީރު އަމީން ސްކޫލެވެ.

[yass cats =50]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355