އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަރޕޫލް އަދި ފުލަމް ބައްދަލު ކުރި މެޗު 4-0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.
ފާއިތުވި ސީޒަންގެ ނާކާމިޔާބީއަށްފަހު މިސީޒަނަގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ލިވަޕޫލުން ވަނީ ރޭގެ މޮޅުން 23 ޕޮއިންޓާއެކު ތާވަލުގެ 2 ވައަށް ކުރިއަށް ޖެހިލާފައެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ޕުލަމްގެ ކުޅުންތެރިއެއް އަތުން ބައި ކޮޅަށް ވަތް ގޯލަކުން ލިވަޕޫލަށް ލީޑު ލިބުންއިރު، ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 26 ވަނަ މިނެޓްގައި މާޓިން ސްކާރޓިލްއެވެ. ލިވަޕޫލްގެ ފަހު ދެ ގޯލް ކާމިޔާބު ކޮށްދިނީ 36 އަދި 54 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒްއެވެ. ސުއަރޭޒް ގެ މި ދެ ގޯލާއެކު ސުއަރޭޒް ހިމެނެނީ ލީގުގައި 8 ގޯލް ޖަހައިގެން ގޯލް ލިސްޓްގެ 1 ވަނާގައި އުޅޭ 3 ކުޅުންތެރިންގެ ތެރޭގައެވެ.
ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އަމިއްލަ ދަނޑުގައި ވެސްޓް ބޮރޮމިޗް އަތުން ބަލި ނުވެ ސަލާމަތްވެފައިވަނީ ކިރިޔާއެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް ޗެލްސީއަށް ލީޑް ހޯދައިދިނީ ސެމިއުލް އެޓޫއެވެ. ނަމަވެސް ދެވަނަ ހާފު 61 ވަނަ މިނެޓް ޝޭން ލޯންގް ގެ ގޯލަކުން ވެސްޓް ބްރޮމިޗްއަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން 68 ވަނަ މިނެޓްގައި ސްޓީފަން ސެސިގޮރން ވެސްޓް ބްރޮމިޗް އަށް ލީޑް ހޯދައިދިނެވެ.
މި ނަތީޖާއާއި އެކު މެޗު ނިމެން ދަނިކޮށް ޗެލްސީ ބަލިނުވެ ސަލާމަތް ކޮށްދިނީ މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވެ ދިން އިތުރުވަގުތުގެ 4 މިނެޓްގެ ފަހު ސިކުންތު ކޮޅުގައި ޗެލްސީގެ ރަމިރޭސްެއަށް ވެސްޓް ބްރޮމިޗް ގެ ޕެނަލްޓީ އޭރިޔާތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން އެޑަން ހަޒާޑެވެ. މި މި މެޗުގެ ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ 4 ވަނައަށް ފަހަތަށް ޖެހިލާފައެވެ.