twitterviber whatsapp telegramfacebookyoutube instagram
14th October 2026

ސްކޫލް ސްޓާފުންގެ ނެޓްބޯޅަ މުބާރާތް ފަށައިފި

Nov 14, 2013

ސްކޫލް ސްޓާފްސް ނެޓްބޯޅަ ލީގު އިއްޔެ ހަވީރު ފަށައިފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ފަސް ސްކޫލްގެ އަންހެން ސްޓާފުން ތިން ޓީމަކަށް ބަހައިލައިގެން ކުރިއަށް ގެންދާ މި މުބާރާތް ފައްޓަވައި ދެއްވީ އަންހެނުންގެ ކޮމިޓިގެ ނާއިބު ރައީސް އައިމިނަތު މަޖީދާ އެވެ.

މުބާރާތް ފެއްޓުމުގެ ގޮތުން އިއްޔެ ކަނބުލޮ އާއި ގޮމަ ބައްދަލު ކުރިއިރު މުބާރާތުގައި ދެން ކުޅޭ އަނެއް ޓީމަކީ ކަމަނަ އެވެ.

ކަނބުލޮ އާއި ގޮމަ ބައްދަލު ކޮށް 26 ޕޮޓު 11 ޕޮޓުން މިއަދުގެ މެޗް ކަނބުލޮ ޓިމުން ކާމިޔާބު ކުރިއިރު މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ކަނބުލޮ ޓިމުގެ ގޯލް އެޓޭކަރ ސާދުނާ އިބްރާހިމް އެވެ.

މި ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މިމަހުގެ 18ގައި ކުޅުމަށް ހަމަޖެހފައިވާއިރު މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ކަމަނަ އާއި ކަނބުލޮ އެވެ.

ކުޅުދުއްފުށީގެ ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ނެޓްބޯޅަ މުބާރާތް ބޭއްވުމުގެ އިތުރުން ފުޓްސަލް މުބާރާތެއް ވެސް ބާއްވަ އެވެ. އަދި ބެލެނިވެރިންގެ މެދުގައި ވެސް މުބާރާތްތައް ބާއްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293