twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޮޅިވަރަމް “އަތަމާ އާދަމްބެ”ގެ ހަނދާނީ ފުޓުބޯޅަ މުބާރާތް ފަށައިފި

Dec 2, 2013

ހދ ނޮޅިވަރަމުގައި “އަތަމާ އާދަމްބެ”ގެ ހަނދާނުގައި ކުޅެވޭ ފުޓުބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.

މި މުބާރާތަކީ ނޮޅިވަރަމުގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ އަތަމާގެ، މަރުހޫމް އާދަމް އުސްމާން (އާދަމްބެ)ގެ ހަނދާނުގައި އާދަމްބެގެ ދަރިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

ޖުމްލަ 10 ޓީމު ބައިވެރިވާ މި މުބާރާތުގައި ރަށުން ބޭރުގެ ކުޅުންތެރިންވެސް ކުޅެއެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ފްރެންޑްސް ޔުނައިޓެޑާއި، ޖަކުލީ ޖޫނިއާސް، ވިކްޓިމް ބޯއީސްގެ އިތުރުން ހޯމް ޔުނައިޓެޑާއި، ވައިއެފްސީ، ފަލަސް އަދި ގޭދޮށު ޓީމު ހިމެނެއެވެ. މީގެ އިތުރުން ސްޓޫޑިއޯ ބޯއީސް އާއި ފުޓުބޯލް ޓީމް އަދި ކުލަސްޓަރ ވެސް މި މުބާރާތުގައި ވަނީ ބައިވެރިވެފައެވެ.

މިމަހުގެ އެކަކުން 14 ގެ ނިޔަލަށް ކުރިއަށްދާ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000ރ. ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 2500ރ. އިނާމު ވަނީ ކަނޑައެޅިފައެވެ.

އިއްޔެ ފެށުނު މިމުބާރާތް ކުރިއަށްދަނީ ނޮޅިވަރަމް ކޮވެލި މަގު ފުޓުބޯޅަ ދަނޑުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355