twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޮޅިވަރަންފަރުގައި ފުޓްބޯޅަ މުބާރާތަކާއި ބަށި މުބާރާތެއް ފަށައިފި

Dec 2, 2013

ހދ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމެންޓުން އިންތިޒާމުކުރާ “އަލްމުދިސް އެންވައިޑީ ކަޕް” ފުޓްބޯޅަ އަދި ބަށި މުބާރާތް ފަށައިފި އެވެ.

ފުޓްބޯޅަ މުބާރާތް އިއްޔެ ހަވީރު ފައްޓަވައިދެއްވަމުން ނޮޅިވަރަމް ކައުންސިލުގެ ޒިންމާދާރުވެރިޔާ ހުސެއިން އަބުދުﷲ ވިދާޅުވީ މިފަދަ މުބާރާތްތަކުން މުޖުތަމައުގެ އެކުވެރިކަމާއި އެއްބާރުލުން ފެނިގެންދާ ކަމަށާއި ނޮޅިވަރަންފަރުގެ ޒުވާނުން ވެސް ފޯރި އާއި ޖޯޝާ އެކީ ކުޅެފިނަމަ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ދުރު ނޫން ކަމަށް އޭނާ ވިދާޅުވެ އެފުރުސަތު ހޯދުމަށް ހިތްވަރާއެކީ މަސައްކަތް ކުރެއްވުމަށް ކުޅުންތެރިންނަން ގޮވާލެއްވި އެވެ.

މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ނޮޅިވަރަންފަރު ދަނޑުގައި ކުޅުނު މެޗުގައި ބައްދަލު ކުރީ ޑީއެފްސީ އާއި ވީސީ އެވެ. މި  މެޗު 2-0 އިން މެޗު ކާމިޔާބު ކުރީ ޑީއެފްސީ އެވެ. ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މި މެޗުގައި 4 ރީނދޫ ކާޑާއި 1 ރަތް ކާޑު ދައްކާފައިވެ އެވެ. މިމެޗުގެ މޭންއޮފްދަ މެޗަށް ހޮވިފައިވަނީ ޑީއެފްސީގެ ޖޯޒީ ނަންބަރު 11، އަހުމަދު ސަލީމެވެ.

ޗެމްޕިއަން ޓީމަށް 10000ރ. ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގެ މި އަހަރު 8 ޓީމެއް ބައިވެރިވެފައިވެ އެވެ. އެއީ ލައިކަން، އެންއެންޖޭ، ޑީއެފްސީ، ވީސީ، ބުލެންޒާ، އޮސްޓަރ، ޕީސް، އަދި ޔުނައިޓެޑް ފޯ އެވެ.

ފުޓްބޯޅަ މުބާރާތުގެ އިތުރުން އެ ރަށުގައި މިހާރު ކުރިއަށްދާ ބަށި މުބާރާތް ފަށާފައިވަނީ މިއަދު ހެނދުނު ނޮޅިވަރަންފަރު ބަށި ކޯޓުގައެވެ. ބަށި މުބާރާތުގައި ފުރަތަމަ ބައްދަލު ކުރީ ޓީމު ވިދުވަރާއި ތަރިކަ އެވެ. މި މެޗު ޝަރަފްވެރިކޮށްދެއްވީ ނޮޅިވަރަންފަރު ކައުންސިލްގެ ނައިބުރައީސް މުހައްމަދު ހަސަނެވެ.

ބަށި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000ރ. އަދި ރަނަރަޕް ޓީމަށް 3000ރ. ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިމުބާރާތް ކުރިއަށްދާނީ މި މަހު 12 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355