twitterviber whatsapp telegramfacebookyoutube instagram
24th March 2026

ބޭލާ ކަޕްގެ ގުރުއަތު ނެގުން ބާއްވައިފި

Dec 12, 2013

މިހިނގާ ޑިސެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ “ބޭލާ ކަޕް”ގެ ގުރުއަތުނެގުން ބާއްވައިފި އެވެ.

“ދުންފަތާ ދެކޮޅަށް” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މުބާރާތުގައި ޓީމުތައް ބަހާލާފައިވަނީ 2 ގްރޫޕަކަށެވެ. މިގޮތުން ގްރޫޕު “އޭ” ގައި ޓީމް ކޮރަލްސް އާއި ހިރަފުސް އަދި ކުލަބު ތިލަދުންމަތި ހިމެނޭއިރު ގްރޫޕް “ބީ” ގައި ހިމެނެނީ ނެއްލައިދޫގެ ޓީމެއްގެ އިތުރުން ޑްރިބްލް އަދި ޒިގްޒެގެވެ. މި ރަސްމިއްޔާތުގައި ބޭލާ ކަޕްގެ މެސްކޮޓު ތައާރަފް ކޮށްދިނުން ކުރިއަށް ދިޔައެވެ. އަދި މީގެ އިތުރުން މުބާރާތަށް ހާއްސަކުރެވިފައިވާ ޝިއާރާ ގުޅޭ ވީޑިޔޯ ކުލިޕެއް ވަނީ ދައްކާފައެވެ.

ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހދ ޓީޗަރ ރިސޯސް ސެންޓަރުގެ ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދެވެ.

ބޭލާ ކަޕްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހިރަފުހާއި ކުލަބު ތިލަދުންމައްޗެވެ. މިކަޕް ކުރިއަށްދާނީ މިމަހުގެ 14 އިން 27 ގެ ނިޔަލަށް ޒޯން ސްޓޭޑިއަމްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355