twitterviber whatsapp telegramfacebookyoutube instagram
24th March 2026

ބޭލާ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ކޮރަލްސް އިން ކަށަވަރު ކޮށްފި

Dec 22, 2013

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ބޭލާ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުޅުދުއްފުށީގެ ޓީމެއް ކަމަށްވާ “ޓީމް ކޮރަލްސް” އިން ކަށަވަރު ކޮށްފި އެވެ.

ކޮރަލްސް އިން ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ ކުޅުދުއްފުށީ ޒިގްޒެގާ ބައްދަލުކޮށް 3 ލަނޑު 1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގައި ކޮރަލްސްއަށް ދެ ލަނޑު ޖަހާދީފައިވަނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޒައިދު މުހައްމަދެވެ. މި މެޗުގައި ކޮރަލްސްގެ ތިންވަނަ ލަނޑު ޖަހާދީފައިވަނީ ފަތުހުﷲ އާދަމެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޒިގެޒެގްގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު ޒަކަރިއްޔާ އެވެ.

ބޭލާ ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރެވެ. މި މެޗުގައި ބައްދަލުކުރާނީ ޑްރިބްލް އާއި ނޮޅިވަރަމްގެ ކުލަބު ތިލަދުންމައްޗެވެ.

މިމަހުގެ 14 އިން ފެށިގެން ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 27 ވާ ހުކުރު ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355