twitterviber whatsapp telegramfacebookyoutube instagram
14th October 2026

ހަނިމާދޫ ޒުވާނުންނަށް އަމާޒުކޮށްގެން ވޮލީ ކޭމްޕެއް ފަށައިފި

Dec 23, 2013

ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ހަނިމާދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ވޮލީ ކޭމްޕެއް ފަށައިފި އެވެ.

ހުސްވި ހަފުތާގެ ހުކުރު ދުވަހު ފެށި މި ވޮލީ ކޭމްޕަކީ ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ހަނިމާދޫ ކައުންސިލް އަދި އެ ރަށުގެ ކްލަބް ޖަމިއްޔާތަކާއި ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދޭ ގޮތުގައި ހަނިމާދޫގައި ފެށި ވޮލީ ކޭމްޕަކީ ހަނިމާދޫ ޒުވާނުން ކުޅިވަރަށް ލޯބިކުރާ ހަށިހެޔޮ ބައެއްގެ ގޮތުގައި ދަމަހައްޓާ ކުޅިވަރަށް ޝައުޤުވެރިވާ ބައެއްގެ ގޮތުންގައި ދެމެހެއްޓުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ކޭމްޕެކެވެ.

މި ވޮލީ ކޭމްޕްގައި 48 ޒުވާނުން ބައިވެރިވާއިރު މި ކޭމްޕްގައި ބައިވެރިންނަށް އިރުޝާދު ދެނީ ވޮލީ ކޯޗެއް ކަމަށްވާ ލާންސް ކޯޕްރަލް މަޢުމޫރު މުޙައްމަދުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293