twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުލަބް ތިލަދުންމަތި ބޮޑު ތަފާތަކުން ބަލިކޮށް، ބޭލާކަޕްގެ ތަށި ކޮރަލްސް އިން އުފުލާލައިފި

Dec 27, 2013

ނޮޅިވަރަމްގެ ކުލަބު ތިލަދުންމަތި 5-1 އިން ބަލިކޮށް، ބޭލާކަޕްގެ ތަށި ކުޅުދުއްފުށީގެ ކޮރަލްސްއިން އުފުލާލައިފި އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް މިއަދު ހަވީރު ކުޅުނު ބޭލާކަޕްގެ ފޯރިގަދަ ފައިނަލް މެޗު ފެށުމާއެކު ކޮރަލްސްއިން ވަނީ އިދިކޮޅު ގޯލު ފޫއަޅުވާލައި މެޗުގެ ލީޑް ނަގާފަ އެވެ.ކޮރަލްސް ގެ ފުރަތަމަ ލަނޑު ޖަހައި ދިނީ ޖޯޒީ ނަންބަރު 9 ފަތުހުﷲ އާދަމް(ފައްތެ) އެވެ.

ކޮރަލްސްގެ ފުރަތަމަ ލަނޑު ޖެހިތާ ފަނަރަ މިނެޓު ވެސް ނުވަނީސް ކޮރަލްސްގެ ޖޯޒީ ނަންބަރު 7 ބަޝީރު އަތުން ވަނީ ބައިކޮޅަށް ގޯލަށް ވަދެފައެވެ. މެޗުގެ ފުރަތަމަ ހާފު 1-1 ގެ ނަތީޖާއަކުން ނިމުން ކަމުގައި ވިޔަސް ކްލަބް ތިލަދުންމަތިން ވަނީ ގިނައިރު ބޯޅަ ގެންގުޅެ މޮޅު ކުޅުމެއް ވަނީ ދައްކާފަ އެވެ. ކޮރަލްސްގެ މެދު ތެރެއިން ފުރަތަމަ ހާފުގައި ފެނުނީ ވަނދު ކުޅުމެކެވެ.

ނަމަވެސް ދެވަނަ ހާފުގައި ކޮރަލްސް ވަނީ ކުޅުން ވަރުގަދަ ކޮށް، އިދިކޮޅު ގޯލަށް ހޫނު ހަމަލާ ތަކެއް އަމާޒު ކޮށްފަ އެވެ. ދެވަނަ ހާފު ފެށުނު ތަނާހެން ކުލަބު ތިލަދުންމަތީގެ ކުޅުންތެރިޔަކު ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ކޮރަލްސްއަށް ޕެނަލްޓީއެއް ލިބި އެޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފަ އެވެ.

ދެވަނަ ހާފުގައި  ކޮރަލްސް އިން ލީޑު ނެގުމާއެކުހެން ކުލަބު ތިލަދުންމަތި ކުޅުންތެރިންގެ ހިތްވަރު އެލުނެވެ. ނަތީޖާ އެއްގެގޮތުން ކޮރަލްސް އިން ފުރުސަތުގެ ބޭނުން ހިފާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ އެވެ.އަދި މާގިނަ އިރު ތަކެއް ނުވަނީސް ޒައިދު ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. އަދި މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނި ކޮށް އިތުރު 2 ގޯލު ކޮރަލްސް އިން ޖަހާ ކުލަބު ތިލަދުންމަތީގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދި އެވެ.

ޓީމް ކޮރަލްސްގެ އިތުރު ދެ ލަނޑު ޖަހާދިނީ އަހުމަދު ދާއޫދު (ކުޑަފޯއްޅެ) އާއި ސިނާން އިބުރާހިމް(ސިއްނެ) އެވެ

ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި ފޯރިގަދަ މެޗުގެ މޭން އޮފް ދަ މެޗުގެ ނަގާމް ލިބުނީ ކޮރަލްސަ އަށް 2 ލަނޑު ޖަހާ ދިން ޖޯޒީ ނަންބަރ 19، ޒައިދު މުހައްމަދަށެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރުކަން ލިބިފައިވަނީ ޒިގްޒެގްގެ ރެޑޭއަށެވެ. އަދި އެންމެ މޮޅު މިޑްފީލްޑްގެ މަގާމު ކުލަބު ތިލަދުންމަތީގެ އީސަ އަށް ލިބުނު އިރު މޮޅު ފޯވާޑަކަށް ހޮވުނީ ކޮރަލްސްގެ ޒައިދެވެ. ބޭލާ ކަޕްގެ އެންމެ މޮޅު ޑިފެންސަކަށް ހޮވުނީ ޓީމު ކޮރަލްސްގެ އަހުމަދު ދާއޫދު އެވެ. މުޅިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ކުލަބް ތިލަދުންމަތީގެ ހުނަރުވެރި ކުޅުންތެރިޔާ ޖޯޒީ ނަންބަރު 7 އީސާ އަށެވެ.

ޗެމްޕިއަން ޓީމަށް މެޑެލްއާ ތަށި ހަވާލު ކޮށްދެއްވީ ޝަރަފްވެރިމެހެމާން މެހެމާން ޓީއާރުސީގެ ކޯޑިނޭޓަރ އަބުދުއްރަޝީދު ސައީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355