twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ހދ އަތޮޅު އަންހެނުންގެ ވޮލީ މުބާރާތް ފެށިއްޖެ

Mar 9, 2014

ހދ އަތޮޅު އަންހެނުންގެ ވޮލީ މުބާރާތް އިއްޔެ ކުޅުދުއްފުށީގައި ފަށައިފި އެވެ.

ހދ. އަތޮޅު ކައުންސިލާއި ޕޮލިސް އަދި ކުޅުދުއްފުށީ ރަށު ކައުންސިލް ގުޅިގެން އިންތިޒާމުކުރާ މި މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ކުޅުދުއްފުށީގަ އާއި ހަނިމާދޫގަ އެވެ.

އިއްޔެ ކުޅުދުއްފުށީގައި ކުޅެވުނު ފުރަތަމަ މެޗުގެ ޝަރަފުވެރި މެހެމާނާއަކީ އަމީރު އަމީނު ސްކޫލުގެ އެޑްމިނިސްޓްރޭޓަރ އައިޝަތު މުހައްމަދެވެ.

މި މުބާރާތުގައި ފަސް ރަށަކުން ހަތް ޓީމު ބައިވެރިވެފައިވާއިރު އެ ޓިމުތައް 2 ގުރޫޕަކަށް ވަނީ ބަހާލާފައެވެ. ގްރޫޕު އެކެއްގެ ހުރިހާ މެޗެއް ކުޅުދުއްފުށީގައި ކުޅޭއިރު ގްރޫޕު ދެއެއްގެ މެޗުތައް ކުޅޭނީ ހަނިމާދޫގައެވެ.

ކުޅުދުއްފުށީ ސޮސައިޓީ ފޮރ ޔޫތް (ސްކައި) ޖަމިއްޔާއާއެކު އެ ގްރޫޕުގައި ހިމެނެނީ ނޮޅިވަރަމު ޒުވާނުންގެ ގުޅުން، ނޮޅިވަރަންފަރު ހިތްވަރު ޓީމެވެ.

ގްރޫޕް ދެއެއްގައި ހިމެނެނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ، ނޮޅިވަރަމް ކުލަބު ހުވާސް، ނޮޅިވަރަންފަރު ރޫހު ޓީމު އަދި ފިނޭ އަންހެނުންގެ ވޮލީ ޓީމެވެ.

އިއްޔެ ކުޅުދުއްފުށީގައި ކުޅެވުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ނޮޅިވަރަމު ޒުވާނުންގެ ގުޅުމާއި ނޮޅިވަރަންފަރު ހިތްވަރު ޓީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަމު ޓީމުންނެވެ. ހަނިމާދޫގައި ކުޅުނީ އެރަށު ޒުވާނުންގެ ޖަމިއްޔާ އަދި ނޮޅިވަރަމު ކުލަބު ހުވާސް އެވެ. އެ މެޗު ކާމިޔާބު ކޮށްފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމެވެ.

އިއްޔެ ހަނިމާދޫގައި ކުޅުނު ފުރަތަމަ މެޗު ޝަރަފުވެރި ކޮށްދެއްވީ ހދ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނަސީރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355