twitterviber whatsapp telegramfacebookyoutube instagram
2nd July 2025

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ޗެމްޕިއަން ބަޔާން މިއުނިކާއި މެންޗެސްޓަރ ޔުނައިޓެޑް

Mar 21, 2014

ލިޔުނީ: އަހްމަދު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި 13 އަހަރުގެ ތެރޭގައި 3 ވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑާއި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބައްދަލު ކުރަން ޖެހިއްޖެ އެވެ.

މިއަދު ސުވިޒަލެންޑްގެ ނިޔޯންގައި ކުރިޔަށް ދިޔަ މި ޑްރޯގައި ޖަރުމަނުގެ އަނެއް ޓީމް އަދި ވޭތުވެ ދިޔަ އަހަރު ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު ބޮރޫސިޔާ ޑޯޓްމަންޑް ކުޅުމަށް ހަމަޖެހިފައިވަނީ މި މުބާރާތުގެ ތާރީޚްގައި އެންމެ ކާމިޔާބު ޓީމް ރިއަލް މެޑްރިޑާ އެވެ. ރިއަލް މެޑްރިޑް ވަނީ މި މުބާރާތް ނުވަ ފަހަރު ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން ސުޕެއިން ލީގުގައި ރިއަލް މެޑްރިޑްގެ ވާދަވެރި އެތްލެޓިކޯ މެޑްރިޑް ކުޅުމަށް ހަމަޖެހިފައިވަނީ ސުޕެއިން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ އެވެ. 2012 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ޗެލްސީ ނުކުންނާނީ ފުރާންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޕީ.އެސް.ޖީއާ ދެކޮަޅަށެެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 1 އަދި 2 ގައެވެ. އަދި ދެވަނަ ލެގުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 8 އަދި 9 ގައެވެ. މޭ މަހުގެ 24 ވަނަ ދުވަހު ޕޯޗްގަލްގެ ލިސްބަންގައި ފައިނަލް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 22، 23 އަދި 29، 30 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355