twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް މިރޭ ކުޅޭނެ

Mar 25, 2014

ލިޔުނީ: އަހްމަދު ދާވޫދު

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ސިޓީ މިރޭ ކުޅޭނެއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 00:45 ގައި މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯރޑްގަ އެވެ.

މި މެޗަށް ނުކުންނައިރު ދެ ޓީމްވެސް އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން ކޮންމެ ޓީމެއްވެސް ވަނީ ލީގުގައި އެންމެ ފަހުން ކުޅެވުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗް ކާމިޔާބު ކޮށްފަ އެވެ. ޔާޔާ ޓޯރޭ ލީގުގައި ކާމިޔާބު ކުރި ފުރަތަމަ ހެޓްރިކާއެކު ލީގުގައި ސިޓީ އެންމެ ފަހުން ކުޅުނު މެޗްގައި ފުލަމްގެ މައްޗަށް 5-0 އިން ވަނީ ކުރި ހޯދާފަ އެވެ. އަދި ދާދި ފަހުން ހަފްތާއަކު 300،000 ޕައުންޑް (ތިން ލައްކަ ޕައުންޑް) ލިބޭ ކޮންޓްރެކްޓެއްގައި ސޮއިކުރި ވޭން ރޫނީގެ ދެ ލަނޑުން ވެސްޓް ހަމްގެ މައްޗަށް ޔުނައިޓެޑް އިންވަނީ ކުރި ހޯދާފަ އެވެ.

މި ސީޒަނުގައި ޑޭވިޑް މޮޔެސް ޓީމާ ހަވާލުވި ފަހުން ޔުނައިޓެޑަށް މާ ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. އަދި މި މެޗަށް ނުކުންނައިރު ތާވަލްގެ ހަތްވަނާގައި އޮތް ޔުނައިޓެޑަށް ތަފާތު އިންޖަރީތަކާއި ސަސްޕެންޝަންގެ ސަބަބުން ކެޕްޓަން ވިޑިޗް، ވެލެންސިޔާ، ވެން ޕާރސީ އަށް މި މެޗްގައި ނުކުޅެވުމަކީ މޮޔެސް އަށް ލިބޭ އިތުރު ބޮލުގެ ރިހުމަކަށް ވާނެއެވެ.

ތާވަލުގެ އެއްވަނާގައި އޮތް ޗެލްސީއަށްވުރެ ތިންމެޗު މަދުން ކުޅެގެން ތިންވަނާގައި އޮތް ސިޓީ އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ދެ މެޗުން މޮޅުވެފައި އޮތުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ. ނަމަވެސް ސަސްޕެންޝަނުގެ ސަބަބުން ކެޕްޓަން ކޮމްޕާނީ، އަދި އިންޖަރީ ގެ ސަބަބުން އެގުއޭރޯ އަދި އެޑިން ޖެކޯ އަށް ނުކުޅެވުމަކީ ސިޓީއަށް ލިބޭނެ ނުތަނަވަސްކަމެކެވެ.

މި މެޗްގެ އިތުރުން ހަމަ އެގަޑީގައި ތާވަލްގެ ހަތަރު ވަނައިގަ އޮތް އާސެނަލް ނުކުންނާނީ ތާވަލްގެ ސާދަ ވަނައިގަ އޮތް ސުވެންސީ އާ ދެކޮޅަށެވެ. އަދި ހަމަ އެގަޑީގައި ޔޫރަޕާ ލީގުގެ ޖާގައަކަށް ވާދަ ކުރަމުން އަންނަ އެވަޓަން އާއި ނިއުކާސަލް ޔުނައިޓެޑް ވެސް ކުޅޭނެއެވެ.

ޕްރިމިއާ ލީގުގައި މާދަމާރޭ ކުޅެވޭނީ ވެސްޓްހަމް ޔުނައިޓެޑާއި ހަލްސިޓީގެ އިތުރުން ލިވަރޕޫލާއި ސަންޑަލެންޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355