twitterviber whatsapp telegramfacebookyoutube instagram
26th April 2024

އާރތު އަވަރ ފާހަގަ ޕްރޮމޯޓް ގޮތުން ކުޅެވުނު މެޗް 10-0 އިން ކުޅުދުއްފުށި ޔޫތު ޓީމުން ކާމިޔާބު ކޮށްފި

Mar 29, 2014

ލިޔުނީ: އަހްމަދު ދާވޫދު

އާރތު އަވަރ ޕްރޮމޯޓް ކުރުމުގެ ގޮތުން ކުޅުދުއްފުށި ޔޫތު ޓީމާއި އެފްސީ ވެޓެރަންސް ކުޅެވުނު މެޗް 10-0 ގެ ނަތީޖާ އަކުން ޔޫތު ޓީމު ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މެޗަކީ އާރތު އަވަރ ޕްރޮމޯޓް ކުރުމުގެ ގޮތުން ކުޅުދުއްފުށީ ޒުވާނުންގެ ޓީމަކާއި ކުޅުދުއްފުށީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ މައްޗަށް އެކުލަވާލެވިފައިވާ ޓީމެއް ކުޅެވުނު މެޗެކެވެ.

މި މެޗްގައި ކުޅުދުއްފުށީގެ ޒުވާން ޓީމުގެ 10 ގޯލުގެ ތެރެއިން 4 ގޯލް ކާމިޔާބު ކޮށްދީފައިވަނީ އިތުބާރު ފޯވާޑު ޒައިދު މުހައްމަދެވެ. މީގެ އިތުރުން ފަރުހަތު މުހައްމަދު، އަހްމަދު ނަދީމް، އަލީ އާދަމް، އަލީ އަބޫބަކުރު، އިހުސާން އަބޫބަކުރު އަދި އަހްމަދު ދާވޫދު މީގެން ކޮންމެ ކުޅުންތެރިއެއްވަނީ އެއް ގޯލް ކާމިޔާބު ކޮށްދީފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވެޓެރަންސް ޓީމުގެ ސަމީރު ޔޫސުފެވެ.

މެޗް ނިމުމުން މޭން އޮފް ދަ މެޗަށާއި، އޮފިޝަލުންނަށާއި ބައިވެރިވި ކުޅުންތެރިންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ މެޗްގެ ޝަރަފުވެރި މެހެމާން ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރެވެ.

އާރތް އަވަރ ފާހަގަ ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ވަނީ ހިނގާލުމެއްވެސް ބާއްވާފައެވެ. އަދި އާރތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ބޭއްވޭ އެންމެ ކުލަގަދަ އިވެންޓް އޮންނާނީ މާދަމާ (ހޮނިހިރު) ރޭ 20:30 ގައި ލެކިއުޓާ ދިމާލު ވެލިގަނޑުގައެވެ. ކަރަންޓު ބޭނުންކުރެވޭ މިންވަރު މަދުކުރުމަށާއި ތިމާވެށި ހިމާޔަތް ކުރުމަށް ހޭލުންތެރި ކުރުމުގެ ގޮތުން ހިންގޭ މި އިވެންޓުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އާރތު އަވަރ ފައުންޑޭޝަން ކުޅުދުއްފުށީ ބުރާންޗްގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355