twitterviber whatsapp telegramfacebookyoutube instagram
15th July 2026

މިއާމީ މާސްޓާރސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ނޯވާ ޖޯކޮވިޗް އަދި ސެރީނާ ވިލިއަމްސްއަށް

Apr 2, 2014

ލިޔުނީ: އަޙްމަދު ދާވޫދު

ސޮނީ އޯޕަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ނޯވާ ޖޯކޮވިޗް ހޯދިއިރު މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ސެރީނާ ވިލިއަމްސް ހޯދައިފި އެވެ.

އެމެރިކާގެ މިއާމީގައި ކުރިޔަށް ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޖޯކޮވިޗް ހޯދީ ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނާގައި މިވަގުތު އޮތް ރަފައެލް ނަޑާލް ގެ މައްޗަށް 6-3 6-3 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މިއީ ދުނިޔޭގެ ދެވަނައަށް ސީޑު ކުރެވިފައިވާ ޖޯކޮވިޗް މި މުބާރާތް ހޯދި ހަތަރު ވަނަ ފަހަރެވެ.

އަންހެނުންގެ ބައިގައި ދުނިޔޭގައި އެއްވަނަ އަށް ސީޑު ކުރެވިފައިވާ ސެރީނާ ވިލިއަމްސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދެވަނަ އަށް ސީޑު ކުރެވިފައިވާ ޗައިނާގެ ލީ ނާ 7-5 އަދި 6-1 އިން ބަލި ކުރުމަށް ފަހުއެވެ. މިއީ މި މުބާރާތް 7 ފަހަރު ކާމިޔާބު ކޮށް އަންޑްރޭ އަގާސީ ގެ ރެކޯރޑް ސެރީނާ މުގުރާލި ފަހަރެވެ. އަދި މިއީ ސެރީނާގެ ހަޔާތުގައި ހޯދި 59 ވަނަ ޓެނިސް ޗެމްޕިއަންޝިޕެވެ.

މި މުބާރާތުގެ ފިރިހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ހުއާން ކަބާލް އަދި ރޮބަޓް ފަރާ އާއި ވާދަކޮށް ބޮބް އަދި މައިކަލް ބްރަޔަންސް (ބްރަޔަން ބްރަދަރސް) އެވެ. އެކަޓެރީނާ މަކަރޯވާ އަދި އެލީނާ ވެސްނީނާ އާ ވާދަކޮށް އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މާޓީނާ ހިންގިސް އަދި ސެބައިން ލިސިޗްކީ އެވެ.

[yass cats=57]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355