twitterviber whatsapp telegramfacebookyoutube instagram
26th April 2024

ލިވަޕޫލް އަލުން ލީގުގެ ބޮންތިއަށް

Apr 7, 2014

ލިވަޕޫލް އިން އަލުން އިނގިރޭސި ޕްރިޕިއަރ ލީގުގެ އެންމެ ކުރިޔަށް ޖެހިލައިފި އެވެ.

1990 ވަނަ އަހަރުގެ ފަހުން ލީގު ހޯދުމުގެ އުންމީދުގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް އިން ލީގުގެ އެންމެ ކުރިޔަށް ޖެހިލީ ރޭ ވެސްޓް ހޭމް ގެ ދަނޑުގައި ކުޅުނު މެޗް 2-1 އިން ކާމިޔާބު ކޮށްގެން ނެވެ.

ބުރެންޑަން ރޯޖާސް ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލިވަޕޫލް ގެ ދެ ގޯލުވެސް ލިވަޕޫލް އަށް ކާމިޔާބު ކޮށްދިނީ ލިބުނު 2 ޕެނަލްޓީ އިން ކެޕްޓަން ސްޓީވަން ޖެރާޑެވެ. ވެސްޓް ހޭމް ގެ ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑެމެލް އެވެ.

ލީގުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ޗެމްޕިއަންސް ލީގުގެ ޖާގައަށް ވާދަކުރަމުން އަންނަ އެވަޓަން އާއި އާސެނަލް ބައްދަލު ކުރި މެޗް 3-0 އިން ކާމިޔާބު ކުރީ އެވަޓަން އެވެ. މިއީ މި ސީޒަނުގައި ރޮބާޓޯ މާޓިނޭޒް ޓީމާ ހަވާލުވެ ދައްކަމުން އަންނަ މޮޅު ކުޅުމުގައި އެވަޓަން ޖެހިޖެހިގެން މޮޅުވި 6 ވަނަ މެޗެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އާސެނަލް އަށް ވުރެ އެންމެ ޕޮއިންޓެއް މަދުން ލިބި 63 ޕޮއިންޓާ އެކު އޮތް އެވަޓަން، 9 އަހަރަށް ފަހު ޗެމްޕިއަންސް ލީގު ކުޅުމަށް ކުރަމުން އަންނަ އުއްމީދުތައް ވަނީ ވަރަށް ބޮޑުވެފަ އެވެ.

މިހާރު އިނގިރޭސި ލީގުގެ ތާވަލުގެ ކުރިޔަށް ބަލާއިރު 33 މެޗް ކުޅެގެން 74 ޕޮއިންޓާއެކު އެންމެ ކުރީގައި ލިވަޕޫލް އޮތް އިރު 2 ވަނާގައި ހަމަ އެ އަދަދަށް މެޗް ކުޅެގެން 72 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ. 3 ވަނާގައި 31 މެޗުން 71 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު 33 މެޗުން 64 ޕޮއިންޓް ހޯދައިގެން އާސެނަލް އޮތީ 4 ވަނައިގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބައްދަލު ކުރާނީ 7 ވަނާގައި މި ވަގުތު އޮތް ޓޮޓެންހަމް އާއި ޓޭބަލުގެ ފުލުގައި އޮތް ސަންޑަލޭންޑެވެ. މި މެޗް ފެށޭނީ މިރޭ ދަންވަރު 0000 ގައެވެ.

[yass cats=60]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355